ރާއްޖޭގެ ރިސޯޓެއްގެ ޕޫލަށް ވެއްޓުނު ކުއްޖަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ދެ އަހަރުގެ ފިރިހެން ކުއްޖަކު އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ މައްސަލައެއް މި މަހުގެ 20 ވަނަ ދުވަހުގެ ދަންވަރު 12:54 ހާއިރު ފުލުހުންނަށް ހުށަހެޅުނު ކަމަށެވެ.
މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ކ. އަތޮޅުގެ ރިސޯޓެއްގެ ޕޫލަށް ވެއްޓި އެ ކުއްޖާ ގެނބިގެން ކަަމަށް ވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި ހުކުރު ދުވަހު ހިނގި ހާދިސާގައި މަރުވީ އުމުރުން ދެ އަހަރުގެ އަބްދުﷲ ޒިޔަން ޒިދާން އެވެ. ޒިޔާންގެ ޖަނާޒާ ހޮނިހިރު ދުވަހު ހެނދުނު ވަނީ ބާއްވާފަ އެވެ.
ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ހިޔާ ރޯދީގަ ރޯވުމުގެ ކުރިން އެގެއަށް މީހަކު ވަންނަ ވީޑިއޯއެއް!
ބީއެމްއެލްގެ 1،224 ފްލެޓްގެ އަމަލީ މަސައްކަތް ފަށައިފި
ބަރުދަން ލުއިކުރުމުގެ ޖާނީއިން ޝާމި ފިޓްނަސް ކޯޗަކަށް