ޒުވާން އެކްޓަރު ވަރުން ދަވަން އެންމެ ފުރަތަމަ ފިލްމަކުން ފެނިފައިވަނީ 2012 ވަނަ އަހަރު ނެރުނު ކަރަން ޖޯހަރުގެ ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔާ"އިން އާލިއާ ބަޓްއާއި ސިދްހާތު މަލްހޯތުރާއާއެކުގަ އެވެ.
އެެހެން ނަމަވެސް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވަރުން ވަނީ އެއީ އޭނާ އެންމެ ފުރަތަމަ ބޭނުންވި ގޮތް ނޫން ކަމަށް ހާމަކޮށްފަ އެވެ.
ވަރުން ބުނީ އޭނާ ފުރަތަމަ ބޭނުންވީ ބޮލީވުޑްގެ ބަދަލުގައި ހޮލީވުޑްގެ ފިލްމަކުން އެކްޓިންގެ ދާއިރާއަށް ނުކުންނަން ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކޮށްފައިވަނީ އޭނާގެ ގާބިލުކަން އޭނާގެ އާއިލާއަށް ސާބިތު ކޮށްދިނުމެވެ.
ވަރުން އިތުރަށް ބުނީ ބޮލީވުޑްގެ ނަން މަޝްހޫރު އާއިލާއަކަށް ނިސްބަތްވީތީ އެކަމުގެ ނާޖާއިޒު ފައިދާ އެއްވެސް ވަރަކަށް ނަގާފައި ނުވާނެ ކަމަށާއި ހޮލީވުޑުން ފުރުސަތެއް ބޭނުންވީ އަމިއްލަ މަސައްކަތުން އެކަން ކުރުމަށްޓަކައި ކަމަށެވެ.
އެގޮތުން ވަރުން އެންމެ ބޭނުންވީ ހޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ސްޓީވަން ސްޕީލްބާގްއާއެކު އޭނާގެ ފުރަތަމަ ފިލްމުގެ މަސައްކަތް ކުރަން ކަމަށް އޭނާ ބުންޏެވެ.
އެހެން ނަމަވެސް ކަަރަންގެ ފިލްމުން ފުރުސަތު ލިބުމާއެކު އެ ފުރުސަތުގެ ބޭނުން ހިފީ ކަމަށާއި އެކަމާ މިއަދު އުފާކުރާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ތައާރަފް ވުމުގެ ކުރިން ވަރުން ވަނީ ކަރަން ޖޯހަރުގެ ފިލްމު "މައި ނޭމް އިޒް ޚާން"ގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.
ގަސް ނުހެދެނީ ސްޓްރެސް ވާތީ!
ކާތިކްއަކީ އެކަނިވެރިއެއް ކަމަށް އޭނާ ބުނީ ކީއްވެ؟
ތުވާލިތަކުގައި ހުންނަ އޮމާން ފަށުގެ ބޭނުމަކީ؟