ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ބެލުމަށް އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް ހޭލުންތެރިކުރުމަށް ތަފާތު ދާއިރާތަކުގެ ތަޖުރިބާކާރުންނާއެކު ހާއްސަ ފޯރަމެއް މިރޭ ބާއްވަން ނިންމައިފިއެވެ.
"1+1 ކީއްކުރަން؟" މި ނަމުގައި ބާއްވާ މި ފޯރަމަކީ، ވޯޓާ ގުޅޭ ގޮތުން ހުރި ތަފާތު ހިޔާލުތަކާއި، ސިޔާސީ އަދި ގާނޫނީ ނަޒަރިއްޔާތުތަކަށް ބިނާކޮށް، ރައްޔިތުން ހޭލުންތެރިކުރުވުމަށް ބާއްވާ ފޯރަމެކެވެ.
ފޯރަމްގައި މައުލޫމާތު ދެއްވާނީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން އާއި އިމްތިޔާޒު ފަހުމީގެ އިތުރުން އިންސާނީ ހައްގުތަކަށް ވަކާލާތު ކުރެއްވުމުގައި ހަރަކާތްތެރިވާ އައިމަން ރަޝީދު އެވެ.
"ގައުމުގެ މުސްތަގުބަލާ ގުޅޭ މުހިންމު ނިންމުމެއް ނިންމުމުގެ ކުރިން، ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު ހުޅުވާލެވިފައިވާ ބަހުސެއް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް." ފޯރަމް އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ނޫސްވެރިޔާ އަހްމަދު ޒާހިރު ވިދާޅުވި އެވެ.
އެ ފޯރަމް އޮންނާނީ ހ. މީރުމާ މާލަމުގައި މިރޭ 8:30 ގައި އެވެ. މި ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ވަނީ ހުޅުވާލާފަ އެވެ.
މާ ގިނައިން ނިދާނަމަ ދިފާއީ ނިޒާމު ބަލިކަށިވެ ބަލިތައް ޖެހޭ!
ތުވާލިތަކުގައި ހުންނަ އޮމާން ފަށުގެ ބޭނުމަކީ؟
ވަރުން ބޭނުންވީ ހޮލީވުޑްގެ ފިލްމަކުން ފެންނަން!
