ކުޑަކުދިންތަކެއް އެކްސްޕޮލައިޓް ކުރުމުގެ ތުހުމަތުގައި މިދިޔަ އަހަރު ހައްޔަރުކުރި، ބައިބަލާ މުބާރާތްތައް ހޯސްޓުކުރުމަށް މަޝްހޫރު ނާފިއު ރަޝީދު (ނާއްޕެ)ގެ ސިއްހީ ހާލަތަށް ބަލައި، ކްރިމިނަލް ކޯޓުން އޭނާ ޝަރުތުތަކާ އެކު އޭނާ ބަންދުން ދޫކޮށްލައިފި އެވެ.
މިދިޔަ އޮކްޓޫބަރު ހައެއްގައި ނާއްޕެ ހިމެނޭ ގޮތަށް އެ މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކުރި އެވެ. އެއީ، ނާއްޕެއާއި މ އެތުމާ، އަލީ އަޝްރަފް (35އ) އާއި ގދ. ވާދޫ، ޕެރިސް ލުހާން ސަޢީދު (41އ)ގެ އިތުރުން ހ. ފިނިކުރި، އިބްރާހިމް ޝިނާން އަހުމަދު (33އ) އެވެ.
ފުލުހުން އެ މީހުން ހައްޔަރުކުރީ، ހެންވޭރުގައި ހުންނަ ގެއެއްގެ އެޕާޓުމަންޓެއް ބަލައި ފާސްކުރުމަށްފަހު، މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ރަބަރު ޕެކެޓަކާ އެކީގައެވެ. އެ ހުރިހާ އެންމެންގެ ކުޑަކަމުދާ ތަކެތީގެ ވަގުތީ ނަތީޖާ މަސްތުވާއެއްޗެއްސަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފައެވެ.
ނާއްޕެ ބަންދުން ދޫކޮށްލަން އެދުނީ ޕީޖީ އޮފީހުންނެވެ.
އަޒާނާ ގުޅޭގޮތުން ލިޔެފައިވާ ރިޕޯޓެއް ނަގަން އަމުރެއް
"ޖޭމްސް ބޮންޑް"ގެ ރޯލުން އިޑްރިސްއެއް ނުފެންނާނެ!
3 އަހަރަށްފަހު އެރިއާނާއާއި އީތަންގެ ލޯބީގެ ގުޅުން ނިމުމަކަށް!
