ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާންއަކީ އޭނާގެ ފިލްމުތަކާއި އިޖުތިމާއީ މަސައްކަތްތަކުގެ ސަބަބުން މަގުބޫލުކަން ހޯދާފައިވާ ފަންނާނެއް ނަމަވެސް އޭނާގެ އެންމެ ހާއްސަ ކަންކަން ވަނީ މީޑިއާގެ ފުރަގަހުގަ އެވެ.
އެގޮތުން ސަލްމާންގެ ދީލަތިކަމާއި އޯގާތެރިކަން ދައްކުވައިދޭ ތަޖުރިބާއެއްގެ ވާހަކަ އޭނާގެ ސަޕޯޓަރަކު ވަނީ ދާދި ފަހުން މީޑިއާއަށް ހިއްސާ ކޮށްފަ އެވެ.
ތިން ފަހަރެއްގެ މަތިން ހިތުގެ ސާޖަރީ ކޮށްފައިވާ ރީނާ އޮންލައިން ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ބުނެފައިވަނީ އޭނާގެ ހަޔާތް ބަދަލުކޮށްލި ސާޖަރީގެ ކުރިން ދެ ގަޑިއިރު ވަންދެން ސަލްމާންއާއެކު ފޯނުން ވާހަކަ ދެއްކި ކަމަށެވެ.
އޭނާގެ ހިތުގައި ސަލްމާންއަށް އޮތް ލޯބި ކިޔައިދެމުން ރީނާ ވަނީ ސަލްމާންގެ ފަރާތުން އޭނާއަށް ވަރަށް ހިތްވަރު ލިބުނު ކަމަށާއި ޝޫޓިންގެ މަސައްކަތުގައި އުޅެމުން ވެސް އޭނާއާ ވާހަކަ ދައްކަން ސަލްމާން ވަގުތު ހުސްކުރި ކަމަށް ބުނެފަ އެވެ.
އެ ތަޖުރިބާއަށްފަހު ދެ އަހަރެއްހާ ދުވަހު ސަލްމާންއާ އެއްވެސް ގުޅުމެއް ނެތް ނަމަވެސް އޭގެ ފަހުން އޭނާއަށް މެސެޖު ކުރުމުން އެއީ ކާކުކަން ސަލްމާން ހަނދާން ހުރި ކަމަށް ވެސް ރީނާ ބުންޏެވެ.
ސަލްމާންގެ ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަޕޫރްވާ ލަކިއާ ޑައިރެކްޓްކުރާ ފިލްމު "މާޓްރުބުމީ" އެވެ.
މިއަދު މާލެއަށް އިހުސާސްކުރެވޭ ހޫނުމިން 43 ޑިގްރީގައި
ދަރިން ބެލުމުގައި ވަކި މީހެއްގެ ވަކި ދައުރެއް ނޯވޭ: އަބީޝޭކް