ހޮލީވުޑްގެ މަޝްހޫރު ޖޯޑެއް ކަމަށްވާ ޓޮމް ހޮލޭންޑާއި ޒެންޑާޔާ ސިއްރުން ކައިވެނި ކޮށްފައިވާ ކަމަށް މީޑިއާގައި ހަބަރުތައް ފެތުރެން ފަށައިފި އެވެ.
މިދިޔަ އަހަރު އެންގޭޖްވި ޓޮމްއާއި ޒެންޑާޔާގެ ކައިވެނީގެ އަޑުތައް ގަދަވެފައިވާއިރު ޒެންޑާޔާގެ ހެއާ ސްޓައިލިސްޓް މިވަނީ އެ ދެމީހުންގެ ގުޅުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ.
އެ ސްޓައިލިސްޓްއާ ހަވާލާދީ ހޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި އެ ދެމީހުން ވަނީ މީޑިއާއަށް ސިއްރުން ކައިވެނީގެ ގޮށް ޖަހައި ނިންމާފަ އެވެ.
"ތި އެންމެންނަށް ނޭނގި އެކަން ވެ ނިމިއްޖެ" ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ޒެންޑާޔާގެ ސްޓައިލިސްޓް ލޯ ރޯޗް ބުނެފައިވެ އެވެ.
އެހެން ނަމަވެސް އެ ދެތަރިންކުރެ އެކަކު ވެސް އެކަން މީޑިއާއަށް ޔަގީން ކޮށްދީފައި ނުވާއިރު އެކަން ފޮރުވަން އެ ދެމީހުން މަސައްކަތްކުރާ ކަމަށްވެ އެވެ.
ޓޮމްއާއި ޒެންޑާޔާ އެންމެ ފުރަތަމަ ބައްދަލުވީ އެ ދެމީހުންގެ ފިލްމު "ސްޕައިޑަމޭން: ހޯމްކަމިންގް"ގެ މަސައްކަތުގެ ތެރެއިން 2021 ވަނަ އަހަރު އެވެ.
އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އެމީހުން ލޯބީގެ ގޮތުން ގުޅުނުއިރު މީޑިއާއާ ވީހާވެސް ދުރުދުރުން އުޅެން އެ ދެމީހުން އަބަދުވެސް މަސައްކަތް ކުރެ އެވެ.
ހިތުގެ ސާޖަރީގެ ކުރިން ސަލްމާންއާއެކު ދެ ގަޑިއިރުގެ ފޯނެއް!
ދަރިން ބެލުމުގައި ވަކި މީހެއްގެ ވަކި ދައުރެއް ނޯވޭ: އަބީޝޭކް
މަސްތުވާތަކެއްޗާއެކު މާލެއިން 6 މީހަކު ހައްޔަރުކޮށްފި