ޕޮޕް މިއުޒިކްގެ މަޝްހޫރު ޝަހްސިއްޔަތު މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަަށް ބިނާކޮށްފައިވާ އޭނާގެ ބައޮޕިކް "މައިކަލް" ޕްރިމިއާ ކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހު ޖަރުމަނުގެ ވެރިރަށް ބާލިންގައި އެ ފިލްމު ޕްރިމިއާ ކޮށްފައިވާއިރު އެ ފިލްމުގައި މައިކަލްގެ ހަޔާތުން ފާހަގަކޮށްލެވޭ އުސްއަލިތައް ފެނިގެންދާނެ އެވެ.

އެގޮތުން މައިކަލްގެ ހަޔާތުގައި އޭނާގެ މައްޗަށް ކުރެވުނު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި މަސްުތުވާތަކެތި ބޭނުން ކުރުމުގެ ތުހުމަތުތަކަށް ވެސް ފިލްމުގައި އަލިއަޅުވާލާފައިވާނެ އެވެ.

މި ފިލްމުގައި މައިކަލްގެ ރޯލުން ފެނިގެންދާ އޭނާއަށް ބޮޑުބޭބެ ކިޔާ ކޮއްކޮ ކަމަށްވާ ޖާފަރު ޖެކްސަން ބުނީ ބޮޑުބޭބެ ރޯލު ކުޅެން ލިބުމަކީ އޭނާއަށް ލިބުނު ފަހުރެއް ކަމަށެވެ.

"މައިކަލް"ގެ ޕްރިމިއާއަށް މައިކަލްގެ އެތައް ހާސް ސަޕޯޓަރުންނެއް ބާލިންއަށް ގޮސްފައިވާއިރު ރަސްމީކޮށް ފިލްމު ރިލީޒް ކުރުމުގެ ކުރިން ފިލްމު ބެލުމުގެ ފުރުސަތު ލިބޭނީ ގާތްގަނޑަކަށް 4000 މީހުންނަށެވެ.

އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމަށް ވާނެ ކަމަށް ބެލެވޭ "މައިކަލް" ރަސްމީކޮށް ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވަނީ މީގެ ދެ ހަފްތާ ފަހުންނެވެ.