މުނިފޫހި ފިލުވުމުގައި ހަރަކާތްތެތެރިވާ ތަރިންނަކީ އާއްމުކޮށް ވަރަށް އަވަދިނެތި އުޅޭ ބައެކެވެ. ގިނަ ފަހަރަށް އެކަމުގެ ސަބަބުން އެ ތަރިންގެ ސިއްހަތަށް ވެސް އަސަރުކުރެ އެވެ.
އެގޮތުން މިއުޒިކް ވީޑިއޯއެއްގެ ޝޫޓިން ތެރޭގައި އަނިޔާވެ އައިސީޔޫގައި ފަރުވާ ހޯދަން ޖެހުނު ކަމަށް މަޝްހޫރު އެކްޓަރު އަދި ލަވަކިޔުންތެރިޔާ މައިލީ ސައިރަސް ވެސް ވަނީ ބުނެފަ އެވެ.
"ޖިމީ ކިމެލް ލައިވް"އަށް ދިން އިންޓަވިއުއެއްގައި މައިލީ ވަނީ އޭނާގެ އަލްބަމް "ސަމްތިންގް ބިއުޓިފުލް"ގެ މިއުޒިކް ވީޑިއޯއެއް ނަގަން އުޅުމުގެ ތެރޭގައި ކުރިމަތިވި ހާދިސާއެއްގެ ތަޖުރިބާ ހިއްސާ ކޮށްފަ އެވެ.
2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވި ހޮލީވުޑް ވޯކް އޮފް ފޭމްގައި އެ އަލްބަމްގެ މިއުޒިކް ވީޑިވޯއެއް ނަގަން އުޅުމުގެ ތެރޭގައި ތަޅުންގަނޑުގައި އޮށޯވެ އުޅެން ޖެހުނު ކަމަށާއި އެކަމުގެ ސަބަބުން އިންފެކްޝަންއެއް ޖެހުނު ކަމަށް މައިލީ ބުންޏެވެ.
އެގޮތުން ކަކުލާ ދިމާލުން އޭނާގެ ފައި ވަކިވާން އުޅޭކަމުގެ އިހުސާސެއް ކުރެވުނު ކަމަށާއި އެއީ ބިރުވެރި ތަޖުރިބާއެއް ކަމަށް އޭނާ ފާހަގަކުރި އެވެ.
"އެ ތަޖުރިބާގެ ސަބަބުން ކުޑަ ވަގުތު ކޮޅަކަށް އަހަރެން އައިސީޔޫއަށް ލައި ފަރުވާ ދިން. ޑޮކްޓަރުން ވެސް ތިބީ ހައިރާން ވެފައި،" މައިލީ ބުނެފައިވެ އެވެ.
މައިލީގެ މި ތަޖުރިބާ ހިއްސާ ކޮށްފައި މިވަނީ މި އަހަރު ފެށުނުއިރު އޭނާ ހުށައަޅައިދިން އާ އަހަރުގެ ޝޯއެއް ހުށައަޅައިދެމުން ދަނިކޮށް އޯވޭރިއަން ސިސްޓް ރަޕްޗާއެއްގެ ތަޖުރިބާ ވެސް ކޮށްފައިވަނިކޮށެވެ.
މިފްކޯގެ ސީއީއޯގެ މަގާމުން ފަރުހަތު އިސްތިއުފާ ދެއްވައިފި
ބަރުދަނުގެ ސަބަބުން ދަރިމައިވުމުގެ ސިއްހަތަށް އަސަރު ކުރޭތަ؟