ފައިސާ ނެތް ކަމަށް ބުނެ، ރިޔާސީ ޕްރައިމަރީގެ ފަހުން ޗެއާޕާސަންގެ އިންތިހާބު ބާއްވަން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރޫ މޫސާ (ގަޕޯ) ހުށަހަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގަޕޯ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެތެރޭގެ ދެ އިންތިހާބު މިވަގުތު ބާއްވައިފި ނަމަ ޕާޓީގެ އެތެރޭގެ މަަސްލަހަތު ގެއްލި، ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތަށް އެކަމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ.
އިންތިހާބު ފަސްކުރަން ހުށަހަޅުއްވާ ސަބަބުތަކުގެ ތެރޭގައި ފައިސާ ނެތުން ވެސް އޭނާ ހިމެނި އެވެ.
"ވީމާ އަޅުގަނޑު މި ހުށަހަޅަނީ ޕާޓީގެ ހިންގުމަށްޓަކައި އިސްފަރާތްތައް ވާހަކަދައްކައި އިންޓަރީމް އެރޭންޖްމަންޓެއް (އަޅުގަނޑު ނުހިމަނާ) ދިއުމަށެވެ. އަދި އެކަން ގައުމީ މަޖްލިސް އަށް ހުށަހަޅާ ފާސްކުރުމަށް،" ގަޕޯ ވިދާޅުވި އެވެ.
ކުރިން ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ޗެއާޕާސަންގެ އިންތިހާބު ބޭއްވުމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހްމަދު ނަސީމް ގެންދަވަނީ ފޯރިއާއެކު ކެމްޕޭން ކުރައްވަމުންނެވެ.
ޖޫން 12 އަށް އިންތިހާބު ފަސްކުރީ ވެސް ކައުންސިލް އިންތިހާބު ގާތްވެފައި އޮތުމުން، އެ އިންތިހާބަށްފަހު ބޭއްވުމަށެވެ.
ޕީސީބީގެ ރައީސް ކަމަށް ނިޒާރު އައްޔަންކުރައްވައިފި
ބީއެމްއެލްގެ މުވައްޒަފުން ކުރިއަރުވަން އެއްބަސްވުމެއް
