ބޮލީވުޑްގެ އެންމެ ވަރުގަދަ އެއް ތަރި ކަމަށްވާ ރަންވީރު ސިންގްގެ އެންމެ ފަހުގެ ފިލްމު "ދުރަންދަރު"އާ ގުޅޭގޮތުން އާދަޔާޚިލާފު ޚަބަރުތަކެއް ފެންމަތިވެއްޖެ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި "ދުރަންދަރު" ފިލްމަށް ރަންވީރު ސިންގް ނަގާފައިވަނީ އޭނާގެ އެންމެ ފަހުން ރިލީޒްވި ފިލްމަށްވުރެ 100 އިންސައްތަ ބޮޑު މުސާރަ އެކެވެ.

މިއީ މިފަހަކަށް އައިސް ބޮލީވުޑްގެ އެކްޓަރަކު އޭނާގެ އަގު މިހާ ބޮޑުތަނުން އުފުލި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރަންވީރު ކުޅުނު "ރޮކީ އައުރް ރާނީ ކީ ޕްރޭމް ކަހާނީ" އަށްފަހު، އޭނާގެ ޑިމާންޑް ބޮޑުވެފައިވާކަން މިކަމުން ދޭހަވެ އެވެ.

މި ފިލްމުގެ ވިޔަފާރިއާ ގުޅޭގޮތުން ބޮޑެތި އުންމީދުތަކެއް ކުރެވުނުއިރު އިންވެސްޓަރުންނާއި ޑިސްޓްރިބިއުޓަރުން އުންމީދު ކުރީ މި ފިލްމަކީ ގާތްގަނޑަކަށް 1613 ކްރޯޑް ރުޕީސްގެ ބޮޑު އާމްދަނީއެއް ނުވަތަ ރިޓާންސްއެއް ލިބޭނެ ފިލްމެއް ކަމަށެވެ. މިއީ ފިލްމުގެ ބަޖެޓާއި، ތަރިންގެ މަގުބޫލުކަމާއި، އަދި ބްލޮކްބަސްޓާ ޑައިރެކްޓަރެއްގެ މަސައްކަތަށް ބަލައި ކުރެވުނު އަންދާޒާއެކެވެ.

ކަންވީ ވެސް އެހެންނެވެ. "ދުރަންދަރް" ވެގެން ދިޔައީ މިފަހުން ރިލީޒް ކުރެވުނު ފިލްމުތަކުގެ ތެރެއިން ބޮލީވުޑް ބޮކްސް އޮފީހުގެ ގިނަ ރެކޯޑުތަކެއް މުގުރާލި ކާމިޔާބު ފިލްމަކަށެވެ.

އަދިތްޔަ ދާރު ޑައިރެކްޓްކުރި "ދުރަންދަރު" އަކީ ވަރުގަދަ އެކްޝަން ތުރިލާ އެކެވެ. މި ފިލްމުގައި ރަންވީރު ސިންގްގެ އިތުރުން ސަންޖޭ ދަތު، އާރް. މާދަވަން، އަދި އަކްޝަޔޭ ކަންނާ ފަދަ ތަޖުރިބާކާރު އެކްޓަރުން ފެނިގެންދެ އެވެ.

މި ފިލްމަކީ އިންޑިއާގެ ޖާސޫސީ އިދާރާއަކަށް ބިނާކޮށް އުފައްދާ ހަގީގީ ހާދިސާތަކެއްގެ މައްޗަށް އެކުލެވޭ ފިލްމެއް ކަމަށް ހަބަރުތައް ބުނެ އެވެ.

ބޮލީވުޑްގެ މާހިރުން ދެކޭގޮތުގައި، ރަންވީރުގެ މި ބޮޑު މުސާރައާއި މި ފިލްމުގެ ކާމިޔާބީއަކީ އޭނާގެ ކެރިއަރު އަލުން ހަމައަކަށް އަޅުވައިދޭނެ ކަމެކެވެ.