މާލީ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑުގެ ނަމުގައި އެވޯޑެއް ތައާރަފްކުރުމަށް ނިންމައިފި އެވެ.
މި އެވޯޑަކީ މާލީ އިދާރާތަކުން ހޯދަމުންދާ ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށް އެ އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރުމަށް ދެވޭ އެވޯޑެއް ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.
މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސްގައި ޖުމްލަ ހަތް އެވޯޑު ދިނުމަށް ހަމަޖެހިފައިވެ އެވެ. އެއީ މާލީ ނިޒާމު ހަރުދަނާކުރުމަށް އެމްއެމްއޭއިން ހާއްސަ އަހުމިއްޔަތުކަންދޭ ދާއިރާތައް ކަމަށްވާ މާލީ ބައިވެރިވުން އިތުރުކުރުމާއި، މާލީ ހޭލުންތެރިކަން އިތުރުކުރުމާއި، ޑިޖިޓަލް ފައިނޭންސް ފުޅާކުރުމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަ މާލީ ހިދުމަތްތައް އިތުރުކުރުމާއި އަދި ގްރީން ފައިނޭންސް ކުރިއެރުވުމާ ގުޅޭ ދާއިރާތަކުންނެވެ.
އެމްއެމްއޭގެ އަމާޒަކީ މި އެވޯޑުގެ ސަބަބުން މާލީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ، ހުރިހާ ދާއިރާއެއް ޝާމިލުވާ ފަދަ މާލީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބާރުއެޅުމެވެ. އަދި މިއީ ދާއިރާގެ ވާދަވެރިކަން އިތުރުވެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބާރުއެޅޭނެ ކަމެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މި އެވޯޑްތަކަށް ޝަރުތުހަމަވާ މާލީ އިދާރާތަކަށް އެވޯޑްތަކަށް ކުރިމަތިލުމަށް މިހާރު ހުޅުވާލެވިފައިވާއިރު، އެވޯޑް ލިބޭ ފަރާތްތައް އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ އެކަމަށްޓަކާ ޚާއްސަކޮށްގެން ޖުލައި މަހުގެ 1 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތެއްގަ އެވެ.
އީރާނުން އެމެރިކާގެ މަނަވަރަކަށް މިސައިލް ހަމަލާތަކެއް ދީފި
ޗެއާޕާސަންގެ އިންތިހާބުގެ ޓައިމްލައިން ބާތިލްކޮށްދިނުމަށް ކޯޓަށް
