ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމު މުހައްމަދު ސޯލިހާއެކު މަސައްކަތްކުރަން ނިންމީ ވެރިކަމުގައި ތިބި މީހުންގެ ތުރާލާ އުނދަގޫ ރައްޔިތުންނަށް ބޮޑުވުމުން ގައުމުގެ މަސްލަހަތު އިސްކުރަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ނަފްސުގެ އިއްޒަތަށްވުރެ ގައުމު މާބޮޑު ކަމަށާއި ކުރީގެ ދެ ރައީސުންނާއެކު މަސައްކަތްކުރައްވަން ނިންމެވީ އެ ސަބަބާ ހުރެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ތިން ބާރަށް ފާރަވެރިވުމަށް ކުރާ މަސައްކަތުގައި އިން ޖަހައިގެން ނުވާނެ ކަމަށާއި އަބުރާ ބެހިއްޖެނަމަ ރީތި ގޮތަކީ އަމިއްލައަށް އަބުރުގެ ދައުވާ ކުރުން ކަމަށެވެ.
މި ސަރުކާރަށް ފާރަވެރިވުމުގެ ކަންކަން އިތުރުވެގެން އުޅެނީ، ފުރަތަމަ ދުވަހުން ފެށިގެން ހަދަމުން އަންނަ ގޯސްތައް ގިނަވުން އަންނާތީ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީން ކުރީގެ ދެ ރައީސުންނާއެކު މަސައްކަތްކުރަން ނިންމެވީ އަދަދު ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށްލުމާ ގުޅިގެންނެވެ.
18 ކޭސް ދުންފަތާއި 75 ސިނގިރޭޓު ކާޓޫން އަތުލައިގެންފި
އަމީތާބަށް ނުނިދެނީ މަސައްކަތުގެ ފޯރީގައި!
ޑައިވިންއަށް ދިޔަ އިޓަލީގެ އެކަކު މަރުވެ، އިތުރު 4 މީހަކު ހޯދަނީ
