ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ކޮމެޑީ ފްރެންޗައިޒް ކަމަށްވާ "ވެލްކަމް" ސީރީޒްގެ ތިންވަނަ ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް" ގެ ރަސްމީ ޓީޒާ ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.
މި ޓީޒާ އަށް ލިބެމުން އަންނަ ރިވިއު ތަކަށް ބަލާއިރު މިއީ 90 ގެ އަހަރުތަކާއި 2000 ގެ ކުރީކޮޅުގެ ހިތްގައިމު ކޮމެޑީ ފިލްމުތަކުގެ ހަނދާންތައް އާކޮށްދޭ، ސިނަމާތަކަށް އަލުން އަނބުރާ ހަގީގީ މަޖާކަން ގެނެސްދޭނެ ފިލްމެއް ކަމަށް ބެލެވެ އެވެ.
ޓީޒާ ފެށޭތާ ތިން ސިކުންތުގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ތިން ތަރިން ކަމަށްވާ އަކްޝޭ ކުމާރު، ޕަރޭޝް ރާވަލް އަދި ސުނިލް ޝެޓީ އެއްކޮށް ސްކްރީނުން ފެނިގެންދެ އެވެ. މިއީ ކުރީގެ "ހޭރާ ފޭރީ" ފިލްމުގެ ރަން ޒަމާން ހަނދާންކޮށްދޭ ވަރަށް ފުރިހަމަ މަންޒަރެކެވެ.
މި ފިލްމުގެ ޑައިރެކްޓަރު އަހުމަދު ޚާން ވަނީ ބޮލީވުޑްގެ އެންމެ ބޮޑެތި ކޮމެޑީ ފްރެންޗައިޒްތައް ކަމަށްވާ "ހޭރާ ފޭރީ"، "ގޯލްމާލް" އަދި "ހައުސްފުލް" ގެ ރޫހު އެއްކޮށްލައިގެން މުޅިން އާ "ކޮމެޑީ ޔުނިވާސެއް" އުފައްދާފައެވެ.
ފިލްމުގައި ހިމެނޭ ތަރިންގެ އަދަދު ގިނަކަމުން ގުނާލަންވެސް އުނދަގޫވާނެ އެވެ. އޭގެ ތެރޭގައި އަރްޝަދު ވަރްސީ، ތުޝާރް ކަޕޫރު، ދިޝާ ޕަޓާނީ، ޖެކްލިން ފެނާންޑޭޒް، ރާޖްޕާލް ޔާދަވް އަދި ޖޯނީ ލީވަރު ފަދަ އެތައް ތަރިންނެއް ހިމެނެ އެވެ.
ފަހަކަށް އައިސް ބޮލީވުޑްގައި ބޮޑަށް ރަސްކަން ކުރަމުންދަނީ އެކްޝަން އަދި ތުރިލާ ފިލްމުތަކެވެ. މިފަދަ ދަނޑިވަޅެއްގައި "ވެލްކަމް ޓު ދަ ޖަންގަލް" އަކީ ބެލުންތެރިންނަށް ތަފާތު ތަޖުރިބާ އެކެވެ.
މި ދުވަސްވަރު އަކްޝޭ ކުމާރުގެ "ބޫތު ބަންގްލާ" ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުންދާއިރު، "ވެލްކަމް ޓު ދަ ޖަންގަލް" އާއެކު އޭނާ ބޮކްސް އޮފީހުގެ ރެކޯޑުތައް މުގުރާލާނެ ކަމަށް ބެލެވެ އެވެ.
"ވެލްކަމް ޓު ދަ ޖަންގަލް" ދުނިޔޭގެ އެކި ކޮޅުތަކުގެ ސިނަމާތަކަށް އަންނާނީ 26 ޖޫން 2026 ގައެވެ. އާއިލާ އާއި ރައްޓެހިންނާއެކު ސިނަމާއަށް ގޮސް ބަލާލަން މިއީ ރަނގަޅު ފިލްމެކެވެ.
"މައިކަލް" އަނެއްކާވެސް ޗާޓުގެ އެއްވަނައަށް!
ސަލްމާންއަށް ކުރެވުނު "މަރުގެ" ތަޖުރިބާއެއް ހިއްސާ ކޮށްފި
ކެއުމުން އުފާ ލިބިގަތުމަކީ ބަރުދަން ލުއިވުމުގެ ސިއްރު!