ފީފާ ވޯލްޑް ކަޕްގައި މިއަދު ޕެރެގުއޭ އަތުން 4-1 އިން މޮޅުވެ، މުބާރާތުގެ އެއް ހޯސްޓް ކަމަށްވާ އެމެރިކާ އިން ވަނީ ރަނގަޅު ފެށުމެއް ހޯދައިފަ އެވެ. މުބާރާތް ހޯސްޓްކުރާ ތިން ގައުމުގެ ތެރޭގައި ހިމެނޭ ކެނެޑާ ވަނީ ރޭ ކުޅުނު މެޗުގައި ބޮސްނިއާއާ 1-1 އިން އެއްވަރުވެފަ އެވެ.
އެމެރިކާގެ ލޮސް އެންޖަލިސްގައި މިއަދު ކުޅުނު މެޗުގެ ހަތް ވަނަ މިނިޓުގައި އެމެރިކާއަށް ލީޑު ލިބުނީ ޕެރަގުއޭގެ ޑަމިއަން ބޮބަޑީލާ އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ.
ފުރަތަމަ ހާފުގައި އެމެރިކާގެ ފްލޯރިއަން ބަލޯގުން ވަނީ އިތުރު ދެ ލަނޑު ޖަހައި، އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ.
މެޗުގެ 73 ވަނަ މިނިޓުގައި ޕެރަގުއޭގެ މައުރީސިއޯ ލަނޑެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، އެމެރިކާގެ ޖިއޮވާނީ ރޭނާ ވަނީ އިތުރު ވަގުތުގައި އެ ޓީމަށް ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.
މި މޮޅާއެކު އެމެރިކާއަށް ވަނީ ދެވަނަ ބުރުގެ އުންމީދު ބޮޑުވެފައެވެ. އެމެރިކާ ހިމެނޭ ގުރޫޕްގައި ދެން އޮތީ އޮސްޓްރޭލިއާ އާއި ތުރުކީއެވެ.
މި މެޗުން މޮޅުވި ނަމަވެސް، އެމެރިކާއަށް އޮތް ނުތަނަވަސްކަމަކީ މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ކްރިސްޓިއަން ޕުލިސިޗް އަށް އަނިޔާވުމެވެ. ފުރަތަމަ ހާފުގައި ލިބުނު އަނިޔާއަކާ ގުޅިގެން ޕުލިސިޗް ވަނީ ހާފް ޓައިމްގައި ބަދަލުކޮށްފަ އެވެ.
މި މުބާރާތުގެ ގުރޫޕް ބީގައި ރޭ ބޮސްނިއާ އާއި ކެނެޑާ ބައްދަލުކުރި މެޗުގެ 21 ވަނަ މިނިޓުގައި ބޮސްނިއާ އިން ލީޑު ނެގީ ޖޯވޯ ލޫކިޗް ޖެހި ލަނޑުންނެވެ.
އަމިއްލަ ދަނޑުގައި ކެނެޑާ އިން ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އެ ޓީމަށް އެކަން ކާމިޔާބުކުރީ ދެވަނަ ހާފުގައި ކައިލް ލަރިން ޖެހި ލަނޑުންނެވެ.
މި މެޗުން ލިބުނު ޕޮއިންޓަކީ ކެނެޑާއަށް ވޯލްޑް ކަޕެއްގައި ލިބުނު ފުރަތަމަ ޕޮއިންޓެވެ. އުންމީދުކުރި ގޮތަށް މޮޅަކާއެކު ނުފެށުނު ނަމަވެސް، ވޯލްޑް ކަޕްގައި ޕޮއިންޓެއް ނުލިބި އޮތް ރެކޯޑް ނިންމާލުމަކީވެސް އެ ޓީމަށް ލިބޭ ހިތްހަމަޖެހުމެކެވެ.
ބަލި ގަބޫލުކުރައްވައި މީކާއީލް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
މާފަރުގެ 10 ގެއަކަށް ފެންވަދެ ގެއްލުންތަކެއް
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ނަޝީދު ކާމިޔާބު ކުރައްވައިފި
