"ޖަބް ވީ މެޓް" އަދި "ރޮކްސްޓާ" ފަދަ ހިތްތަކުން ޖާގަހޯދި ފިލްމުތައް ގެނެސްދިން ކާމިޔާބު ޑައިރެކްޓަރު އިމްތިއާޒް އަލީގެ އާ ފިލްމު "މޭން ވާޕަސް އާއުންގާ" އިންޑިއާގެ އެކި ސިޓީތަކުގެ ސިނަމާތަކުގައި ދައްކަން ފެށުމާއެކު، ހުރިހާ ސިނަމާތައް ފުރި ބާރުވެއްޖެ އެވެ.
މި ފިލްމަކީ އޭގެ ތަފާތު ވާހަކައާއި، ވަރުގަދަ ކާސްޓުގެ ސަބަބުން ރިލީ ޒްކުރުމުގެ ކުރިންވެސް ބެލުންތެރިންގެ މެދުގައި ބޮޑު އިންތިޒާރެއް އުފެދިފައި އޮތް ފިލްމެކެވެ.
ފިލްމަށް މިހާ ބޮޑު ތަރުހީބެއް ލިބެމުންދާ އެންމެ ބޮޑު އެއް ސަބަބަކީ އޭގެ ކާސްޓުގައި ހިމެނޭ ތަރިންގެ މޮޅު އެކްޓިން ކަމަށް ހަބަރުތައް ބުނެ އެވެ.
އެގޮތުން "އަމަރް ސިންގް ޗަމްކީލާ" އަށްފަހު އިމްތިއާޒް އަލީއާއެކު ދިލްޖީތު ދޮސާންޖް ކުޅުނު މި ފިލްމުގައިވެސް އޭނާގެ ހުށަހެޅުމަށް ގިނަ ބަޔަކު އަންނަނީ ތައުރީފު އޮއްސަމުންނެވެ. އެއާއެކު ބޮލީވުޑްގެ އުންމީދީ ޒުވާން ތަރި ވެދާންގްގެ ވަރުގަދަ ރޯލެއް މި ފިލްމުން ފެނިގެންދެ އެވެ.
މުމްބާއީ، ދިއްލީ، ބެންގަލޫރު އަދި ޗަންދީގަޅު ފަދަ ބޮޑެތި ސިޓީތަކުގެ ސިނަމާތަކުން ރިޕޯޓްކުރާ ގޮތުގައި، ފިލްމުގެ ގިނަ ޝޯތަކެއްގެ ޓިކެޓްތައް ދުރާލާ ވަނީ އެއްކޮށް ހުސްވެފަ އެވެ.
އިމްތިއާޒް އަލީގެ ފިލްމުތަކަށް ޚާއްސަ "އިމޯޝަނަލް" އަދި "ރިއަލިސްޓިކް" ރަހަތައް އެކުލެވޭ މި ފިލްމު ބަލާފައި ނިކުންނަ ބެލުންތެރިން ބުނަމުންދަނީ، މިއީ އިންސާނީ ގުޅުންތަކާއި އެނބުރި އައުމެއްގެ މައްޗަށް ހަދާފައިވާ ވަރަށް އަސަރުގަދަ މާސްޓާޕީސްއެއް ކަމަށެވެ.
އިމްތިއާޒް އަލީގެ ކޮންމެ ފިލްމެއްގެވެސް އެންމެ މުހިންމު އެއްބަޔަކީ އޭގެ މިއުޒިކެވެ. "މޭން ވާޕަސް އާއުންގާ"ގެ ލަވަތަކަކީވެސް މިހާރު ޗާޓުތަކުގެ ކުރިން ޖާގަ ހޯދަމުންދާ، އަޑު އަހަން ފަސޭހަ ލަވަތަކެކެވެ. ހާއްސަކޮށް ދިލްޖީތުގެ އަޑުން ކިޔާފައިވާ ލަވަތަކަށް ލިބޭ ސަޕޯޓް ވަރަށް ބޮޑެވެ.
ކްރިޓިކުންގެ ރިވިއުތަކަށް ބަލާއިރު، މިއީ މިއަހަރު ބޮލީވުޑުން ފެނުނު އެންމެ ފުރިހަމަ އެއް ފިލްމަށް ވުމުގެ ފުރުސަތު ބޮޑެވެ. ފިލްމުގެ ވިޔަފާރިވެސް ކުރިއަށް އޮތް ދުވަސްތަކުގައި ރެކޯޑް އަދަދަކަށް މައްޗަށް ދާނެ ކަމަށް ބޮކްސް އޮފީސް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެ އެވެ.
މެކްސިކޯގެ ޖާޒީގައި މިފަހަރު ފެނުނީ އަސްދޫންޏެއް!
ބޭނުންވީމާ އިނދެފަ ބޭނުންވީމާ ވަރި: ޕިރާޑް ހައިރާންވި ދިވެހި އާދަ
އެއް މެޗަށްފަހު ޓިއުނީޝިއާ އިން ކޯޗު ވަކިކޮށްފި