އިދިކޮޅު އެމްޑީޕީން ބޭއްވި "ވަޒީފާ ބުރާސްފަތި" މުޒާހަރާގައި ބައިވެރިވި ސްޓެލްކޯގެ ޒުވާން އިންޖިނިއަރު މުހައްމަދު މާސިހު އެއްވެސް ސަބަބެއް ބަޔާން ކުރުމަކާ ނުލައި ވަޒީފާއިން ވަކިކޮށްފި އެވެ.
އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިން އިން ބެޗެލާސް ޑިގްރީ ހާސިލުކޮށްފައިވާ މުހައްމަދު މާސިހު ސްޓެލްކޯގެ ވަޒީފާއިން ވަކިކުރިކަން އޭނާއަށް އެންގީ އިއްޔެ ފޮނުވި ލިޔުމަކުންނެވެ. އެ ލިޔުމުގައި އޭނާ މަގާމުން ވަކިކުރާ ވަކި ސަބަބެއް ބަޔާންކޮށްފައި ނުވެ އެވެ. މާސިހުއަކީ އެމްޑީޕީގެ ހަރަކާތްތަކުގައި އެކްޓިވްކޮށް އުޅޭ، އަދި ޕާޓީގެ އެތެރޭގެ މަގާމުތަކަށް ވެސް ވާދަކޮށްފައިވާ ފަރާތެކެވެ. ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގުގެ ބޭނުން ހިފުމުން މިފިޔަވަޅު އެޅުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވެފައިވެ އެވެ.
މާސިހު ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުން ދައްކަމުންދާ ބިރާއި ދެމުންދާ އަނިޔާ ނިމުމަކަށް ގެންނަން ޖެހެ އެވެ. އަދި ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގެ މަގުބޫލުކަން ގެއްލިފައިވާ ކަމަށާއި، މި ބިރު ދެއްކުމުގެ ސަގާފަތް އެމްޑީޕީން ނިމުމަކަށް ގެންނާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ވަޒީފާ ދިނުމާއި ވަޒީފާއިން ވަކި ކުރުމުގައި ސިޔާސީ ނުވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް، މި އަހަރުގެ މިހާތަނަށް ސިޔާސީ ހިޔާލުތަފާތުވުންތަކާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ސަބަބުން 14 އަށް ވުރެ ގިނަ މީހުން ވަޒީފާއިން ވަކިކޮށްފައިވާކަން ފާހަގަކުރެވެ އެވެ. ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބިރުދެއްކުމުގެ އަމަލުތައް ހިންގަމުންދާ ކަމުގެ ޝަކުވާ އިދިކޮޅު ފަރާތްތަކުން އަބަދުވެސް ކުރަމުންދެ އެވެ.
ނާކާމިޔާބީތަކާ ގުޅިގެން ސްޓާމާ އިސްތިއުފާ ދެއްވާނެ: ޓްރަމްޕް
ގަވައިދާ ހިލާފަށް ސެޓްފިކެޓް ދޫކުރުމުން އެވިޑް ޖޫރިމަނާކޮށްފި
ދިލްޖީތުގެ ނަމުގައި އެމެރިކާގައި ހާއްސަ ބަންދު ދުވަހެއް!
