ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފި އެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކުރެވޭ މައްސަލައެއްގައި ފުލުހުން ހޯދަމުން ދަނީ ފ. ނިލަންދޫ، ރާހީ، އިޒިޔާން އަބްދުލްހަމީދު، 38 އެވެ. މި މައްސަލަ ފުލުހަށް ހުށަހެޅުމާ އެކު، އޭނާ ރާއްޖެއިން ފިލައިގެން ގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާ ހޯދުމަށް ފުލުހުން ދަނީ ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރަމުންނެވެ.
އިންޓަޕޯލް ރެޑް ނޯޓިސްއަކީ ބައިނަލްއަގުވާމީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އެހީތެރިކަމާ އެކު، ކުށުގެ ތުހުމަތު ކުރެވޭ މީހުން ހޯދައި ހައްޔަރުކުރުމަށް މަގުފަހިކުރުމަށް ނެރޭ ނޯޓިސްއެކެވެ. މި ނޯޓިސްގެ ދަށުން އެ މީހަކު ހޯދުމަށް ބައިނަލްއަގުވާމީ އެކި ގައުމުތަކުގެ ފުލުހުންނަށް މައުލޫމާތު ފޯރުކޮށްދެ އެވެ.
މިފަދަ ނޯޓިސްތަކަކީ ތަހުގީގަށް ހާޒިރުކުރުމަށް ނުވަތަ ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ހޯދާ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށް، އެމީހުންގެ ހަރަކާތްތައް ދެނެގަތުމަށް ބޭނުންކުރާ ވަސީލަތެކެވެ. އިޒިޔާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް އެންގުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
އީސީއަށް ޝަކީލް އައްޔަންކުރަން ރުހުންދީފި
މިސްރަށް ވޯލްޑް ކަޕްގައި ފުރަތަމަ މޮޅު، އީރާނަށް ޕޮއިންޓެއް
ވޯލްޑް ކަޕްގެ އެންމެ ގިނަ ލަނޑު ޖެހީ މެސީ
