ދާރުއްސަލާމް (09 މެއި) - ފަލަސްތީނުގެ އާއްމުންނާއި އިސްރާއީލުގެ ސިފައިންނާ ދެމެދު އަނެއްކާ ވެސް ބޮޑު ހަމަނުޖެހުންތަކެއް ހިނގައިފި އެވެ.
މި ހަމަނުޖެހުންތައް ހިނގާފައިވަނީ ރަމަޟާން މަހުގެ 27 ވަނަ ވިލޭރޭ 10،000 އަށް ވުރެ ގިނަ މުސްލިމުން މަސްޖިދުލް އަގްސާގައި ރޭއަޅުކަން ކުރަމުން ދިޔަ ވަގުތެއްގަ އެވެ.
ރަބަރު އުންޑައާއި މިރުސް ފެނުގެ އިތުރުން ކަރުނަ ގޭސް ބޭނުންކޮށްގެން އިސްރާއީލް ސިފައިން ހަމަލާ ދީފައިވާއިރު ފަލަސްތީނުގެ ޒުވާނުން ވަނީ އޮށްގަލާއި ބަޑިބޭހާއެކު ސިފައިންނާ ކުރިމަތިލާފަ އެވެ.
ހަމަނުޖެހުންތަކުގައި 53 އަށްވުރެ ގިނަ މީހުން ޒަހަމްވެފައި ވާއިރު އޭގެ ތެރޭގައި ފަލަސްތީނުގެ އާއްމުންނާއި އިސްރާއީލުގެ ސިފައިން ވެސް ހިމެނޭ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސަންޓުން ބުންޏެވެ.
ފާއިތުވި ހުކުރު ދުވަހުވެސް މި ސަރަހައްދުގައި ކުރިމަތިލުންތަކެއް ހިނގާފައިވާއިރު އެ ކުރިމަތިލުންތަކުގައި 180 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމް ވެފަ އެވެ.
ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގަނެ އެ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން ބޭލުމަށް އިސްރާއީލުގެ ޔަހޫދީންނާއި ޒައަނިސްޓުން ކުރަމުންދާ މަސައްކަތް ހޫނުވެ މި ރަމަޟާން މަހު ވެސް ގިނަ ހަމަނުޖެހުންތަކެއް ވަނީ ހިނގާފަ އެވެ. -- އަލް އަރަބިއްޔާ
މިއަދު ބާއްވަން ނިންމި މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފި
ބީއެމްއެލް އިން "ބޭންކް ފަންޑް" ލިބޭ ޖަމިއްޔާތައް ހޮވައިފި
"ކްރައިމް ޕެޓްރޯލް"ގެ އާ މޫނަކަށް އަޖޭ ދޭވްގަން!
މަސްޖިދުލް އަގްސާގައި ހަމަނުޖެހުމެއް ހިނގައިފި
އިޒްރޭލުން ދޭ ހަމަލާ އިދިކޮޅުން ކުށްވެރިކޮށްފި
ފަލަސްތީނަށް 100،000 ޑޯޒުގެ ވެކްސިން ލިބިއްޖެ