މާލޭގެ މައްޗަންގޯޅީގައި ހުރި ގެއެއްގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައި، އެކަކަށް ފަރުވާދޭން ފަށައިފި އެވެ.
މއ. އާމިނާ ރަނި ހިނގުމުގައި ހުރި ސުއްކަތުރާ ގޭގައި މިއަދު ހެނދުނު 09:46 ހާއިރު ހިނގި މި ހާދިސާގައި، އަލިފާން ރޯވީ އެ ގޭގެ ބަދިގެއާއި ސިޓިން ރޫމް ހިމެނޭ ބައިގައި ހުރި ކަބަޑު ސެޓެއްގެ ތިރީ ބައިގަ އެވެ.
ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ކުރި މަސައްކަތުން، މިހާރު ވަނީ އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވައިފަ އެވެ. އަލިފާންގަނޑު ނިއްވާލެވުނު ނަމަވެސް، ގޭގެ ތެރޭގައި ވަރަށް ބޮޑަށް ދުން ހިފާފައި ހުރުމުގެ ސަބަބުން ސިފައިން މިހާރު ދަނީ އެ ދުންތައް ބޭރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މި ހާދިސާގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްގެން އެކަކަށް ފަރުވާ ދިނުމަށް ޓަކައި ވަގުތުން ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެ މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުވަތަ މިހާރުގެ ހާލަތެއް އަދި ހާމައެއް ނުކުރެ އެވެ.
ސިފައިންނާއި ފުލުހުން އަދިވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާއިރު، އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން ވަނީ ތަހުގީގެއް ފަށައިފަ އެވެ.
ޒުވާން އުމުރުގައި އިސްތަށި ނުރަވެ ހަނދާން ބަލި ވަނީތަ؟
މާލޭގެ ތޮއްޖެހުމަށް ހައްލެއް ހޯދަން ސާވޭއެއް ފަށައިފި
ޖީބަށް ބަަރު ނުކޮށް ގޭތެރެ ފުރިހަމަ ކޮށްލާނެ ދެތިން ގޮތެއް!