މާލޭގެ އިތުރު ދެ ސަރަހައްދެއްގައި އަލިފާނުގެ ހާދިސާ ހިނގައިގެން ރިޕޯޓުކޮށްފައިވާ ކަމަށާއި އެތަންތަނަށް އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު ސާވިސް އިން އެޓެންޑުވަމުން އަންނަ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އެންޑީއެމްއޭގެ ޗީފް އެގްޒެކްޓިވް ހިސާން ހަސަން ހާމަކުރެއްވި ގޮތުގައި، އަލިފާނުގެ ހާދިސާތައް ރިޕޯޓްކޮށްފައިވާ އެއް ތަނަކީ ގ. ހުދުރުވާގެ އެވެ. ހަތަރު މީހުން ދިރިއުޅޭ އެ ގޭގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލްކޮށްފައިވީ ނަމަވެސް، އެ ގޭގެ އެއް ކޮޓަރީގެ އެނދާއި އޭސީ ހިމެނޭހެން އެއްކޮށް އަނދައި، ދުމުގެ ސަބަބުން މުޅި ތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.
މީގެ އިތުރުން ކަލާފާނު ސްކޫލު ކައިރީގައި ހުރި ގެއަކުން ދުން އަރަމުންދާތީ އެމްއެންޑީއެފުން އަންނަނީ އެ ސަރަހައްދުގައި ވެސް ހަރަކާތްތެރިވަމުންނެވެ.
މާލެއިން ދެން އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މާފަންނު މުނިޔާ މަގުގައި ހުންނަ ޖާޔާކުޝަން ކައިރީގައި ހުރި އިމާރާތެއްގަ އެވެ. ބިދޭސީން ދިރިއުޅޭ އެ ތަނުގެ ތެރޭގައި ހުރި ފޮތި ރައްކާކުރާ ގުދަނެއްގައި ރޯވި އަލިފާންގަނޑު ފަޔާ އެންޑް ރެސްކިއު ޓީމުން މިހާރު ވަނީ ކޮންޓްރޯލްކޮށްފަ އެވެ. ނަމަވެސް އެ ސަރަހައްދުގެ ހަނި ގޯޅިތަކުގެ ތެރެއަށް ވަރަށް ބޮޑަށް ދުން ބޭރުވަމުންދާތީ، ސިފައިން ދަނީ އެ ތަން އިތުރަށް މޮނިޓާކުރަމުންނެވެ.
އަލިފާން ރޯވުމާއެކު އެ ތަނުގައި ތިބި ބިދޭސީން އެމީހުންގެ ފޮށިތަކާއެކު ރައްކާތެރިކަމާއެކު ބޭރަށް ނިކުމެފައިވާއިރު، މި ހާދިސާތައް ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފެއް ނުވެއެވެ.
ރާއްޖޭގައި ތަކެތީގެ އަގުތައް އިތުރަށް އުފުލޭނެ: އޭޑީބީ
އޭވިއޭޝަން މުވައްޒަފުންނަށް ހާއްސަކޮށް ފްލެޓް އަޅަނީ
ހާމަނާއީގެ ޖަނާޒާގައި ބައިވެރިނުވެވުނު ސަބަބު ހާމަކޮށްފި