ހޮލީވުޑްގެ މަޝްހޫރު ބަތަލާ އޭން ހެތަވޭ އުމުރުން 43 އަހަރުގައި އޭނާގެ ތިންވަނަ ދަރިފުޅަށް ބަލިވެ އިންކަން ހާމަކޮށް މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ނިއުމަތެއް ކަމަށް ބުނެފި އެވެ.

އޭން ބުނި ގޮތުގައި އޭނާގެ އުމުރުން ދުވަސް ވެފައިވުމާއެކު، އަލުން ދަރިއަކު ލިބޭނެ ކަމުގެ އުންމީދު ކުރިން އޮތީ ވަރަށް ކުޑަ ކޮށެވެ. ނަމަވެސް މި ލިބުނު އުފާވެރި ހަބަރާއެކު އޭނާ ހުރީ ވަރަށް ބޮޑަށް އުފާވެފަ އެވެ.

އޭން ހެތަވޭ އާއި އޭނާގެ ފިރިމީހާ އެޑަމް ޝުލްމަން އަށް މިހާރުވެސް ދެ ފިރިހެން ކުދިން ލިބިފައިވެ އެވެ. އެއީ ޖޮނަތަން އަދި ޖެކް އެވެ.

މީގެ ކުރިން ބަލިވެ އިން ދެ ފަހަރު ވެސް ދަރިމައިވުމުގެ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނުކަން އޭން މީގެ ކުރިން ހާމަ ކޮށްފައިވެ އެވެ.

އެހެން ކަމުން، އުމުރުން މިހާ ދުވަސް ވެފައި ވަނިކޮށް އަނެއްކާވެސް ބަލިވެ އިނުމަކީ ލިބުނު މުއުޖިޒާތެއް ފަދަ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.

މި ހަބަރާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނާއި ފިލްމީ ދާއިރާގެ އެކުވެރިން ދަނީ އޭންއަށް މަރުހަބާ ކިޔަމުންނެވެ.

އޭން ހެތަވޭ އަކީ "ދަ ޑެވިލް ވެއާޒް ޕްރާޑާ" އާއި "ލެ މިޒަރާބްލް" ފަދަ މަޝްހޫރު ފިލްމުތަކުން އޮސްކާ އެވޯޑްވެސް ހާސިލް ކޮށްފައިވާ ހުނަރުވެރި ފަންނާނެކެވެ.