މާލޭގެ މާފަންނު ބޮޑުތަކުރުފާނު މަގުގައި ހުންނަ އިމާރާތަކުން މުށިގަނޑެއް ވެއްޓި، އެ މަގުން ހިނގާފައި ދިޔަ މީހެއްގެ ބޮލުގައި ޖެހި، އޭނާއަށް އަނިޔާތަކެއް ލިބިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 6:42 ހާއިރުކަމަށް ފުލުހުން ބުންޏެވެ.
ހާދިސާގައި އަނިޔާވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނަކަށެވެ. ލިބުނު މައުލޫމާތުތަކަށް ބަލާއިރު، އެ އިމާރާތުން ވެއްޓުނު ތަކެތީގެ ތެރޭގައި މުށިގަނޑަކާއި ބިއްލޫރިގަނޑެއް ވެސް ހިމެނެ އެވެ.
އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް ވަގުތުން އައިޖީއެމްއެޗަށް ގެންގޮސްފައިވީ ނަމަވެސް، އޭނާގެ ހާލަތާ ގުޅޭ ތަފްސީލީ މައުލޫމާތެއް ހޮސްޕިޓަލުން އަދި ފުލުހުން ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މާލޭގެ އުސް އިމާރާތްތަކުން ތަކެތި ވެއްޓި މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނަށް އަނިޔާވުމަކީ މީގެ ކުރިން ވެސް ތަކުރާރުކޮށް ހިނގަމުން އަންނަ ނުރައްކާތެރި ހާދިސާތަކެކެވެ.
ސިނގިރޭޓު ކޮންޓެއިނަރުތަކުން ދަށްކޮށް ޑިއުޓީ ނަގަން ލަފާ ހޯދަނީ
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހާރިސް އައްޔަނުކޮށްފި
