މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މާލެއާއި ބްރިޖު އަދި ހައިވޭގައި 1،355 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ ދުވާލަކު އެވްރެޖުކޮށް ހަތަކަށްވުރެ ގިނަ އެކްސިޑެންޓެވެ. ޖެނުއަރީ މަހު އެންމެ ގިނައިން އެކްސިޑެންޓު ހިނގި ނަމަވެސް، މާޗް، އޭޕްރީލް އަދި މެއި މަހު ވެސް މަހަކު އެވްރެޖުކޮށް 250 އާ ގާތްކުރާ އަދަދަކަށް ހާދިސާތައް ހިނގާފައިވެ އެވެ.
ނަމަވެސް ޖޫން މަހު އެ އަދަދު ވަނީ 200 އަށް ތިރިވެފަ އެވެ. ރިޕޯޓްކުރެވުނު އެކްސިޑެންޓުތަކުގެ 83 ޕަސެންޓަށްވުރެ ގިނަ ހާދިސާ ނުވަތަ 1،128 އެކްސިޑެންޓު ހިނގާފައި ވަނީ މާލޭގަ އެވެ. އަދި ބްރިޖާއި ހައިވޭގައި 227 އެކްސިޑެންޓް ރެކޯޑު ކުރެވުނުއިރު، އެކްސިޑެންޓުތަކުގެ ތިންބައިކުޅަ ދެބައި ނުވަތަ 66 ޕަސެންޓު ހިނގާފައި ވަނީ ދުވާލުގެ ވަގުތުތަކުގަ އެވެ.
މި ހާދިސާތަކުގައި 1،322 މައްސަލައެއްގައި ކުދި އަނިޔާ އަދި 31 މައްސަލައެއްގައި ސީރިއަސް އަނިޔާ ލިބިފައިވެ އެވެ. އަދި 1،482 އުޅަނދަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. އެއާއެކު އިންޝުއަރެންސްގެ ތެރެއިން ބަދަލުގެ ގޮތުގައި މަހަކު އެވްރެޖުކޮށް 5 ލައްކައަށް ވުރެ ގިނަ ރުފިޔާ ނަގައިދީފައިވެ އެވެ.
ހަމައެއާއެކު މި އެކްސިޑެންޓުތަކުގައި ދެ މީހަކު މަރުވެ 3.2 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ވެފަ އެވެ.
ފުލުހުން ވަނީ މަގުމަތީގެ ނުރައްކާތެރި ހާދިސާތަކަކީ އަދިވެސް އޮތް ބޮޑު ކަންބޮޑުވުމެއްކަން ފާހަގަކޮށް، ދަތުރުފަތުރުކުރުމުގައި ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ބޯލެންބުމަށް އިލްތިމާސްކޮށްފަ އެވެ.
ދަންވަރު ކާ ހިތްވުން: ސްޓްރެސްއާއި މެޓަބޮލިޒަމްގެ އަސަރު!
"ޝޯ ކެންސަލް ކުރުމުން މާލީ ގޮތުން ގެއްލުން ލިބުނު"
މިނިވަން ދުވަހު ދެއްކި ވާހަކަތަކަކީ ގައުމަށްޓަކައި ދެއްކި