ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަހުމަދު ޝަހީރު އެ މަގާމުން ވަކިކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ޝަހީރު މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ޝަހީރަކީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެޗްޑީސީގެ ޗެއާމަން ކަމުން ވަކިކުރި ތިންވަނަ ބޭފުޅާ އެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އެޗްޑީސީގެ ޗެއާމަނަކަށް ފުރަތަމަ އައްޔަންކުރި ޒުހޫރު މަގާމުން ވަކިކުރީ، އޭރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް ފެންމަތިވި ހިސާބުންނެވެ. އޭގެ ފަހުން ހަ މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު އައްޔަންކުރި ނާސިފު ވަނީ ހަތަރު މަސް ފަހުން ވެމްކޯގެ އިސް މަގާމަކަށް ބަދަލުކޮށްފަ އެވެ. ދެން އެ މަގާމާ ހަވާލުވެވަޑައިގެންނެވި ޝަހީރަކީ މި ސަރުކާރުގައި މިހާތަނަށް އެޗްޑީސީގެ ޗެއާމަންކަމުގައި އެންމެ ދިގު މުއްދަތެއް ހޭދަކުރެއްވި ބޭފުޅާ އެވެ.
ޝަހީރަކީ ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓީއޯގައި 29 އަހަރު ހިދުމަތް ކުރައްވައި، 2015 އިން 2018 އަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އަދި އެޗްޑީސީއަށް ބަދަލުވުމުގެ ކުރިން އޭނާ ހުންނެވީ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމުގަ އެވެ.
ޝަހީރު ވަކިކުރުމަށްފަހު އެޗްޑީސީގެ އާ ޗެއާމަނަކަށް އައްޔަންކުރާނެ ބޭފުޅެއް އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. އޭނާ މަގާމުން ވަކިކުރިއިރު ސަރުކާރު ހިންގާ ޕީއެންސީން ގެންދަނީ ކުންފުނިތަކުގެ މުވައްޒަފުންނަށް އިންޒާރު ދީގެންވާ ޕާޓީއަށް ވައްދަމުންނެވެ. މިކަމާ ބައެއް ކުންފުނިތަކުގެ އިސްވެރިން ނުރުހެ އެވެ.
ސޯސަންމަގު އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
ރަސްމާލެ އެއްބަސްވުމަކީ މުސްތަގުބަލުން ކުރާ ވައްކަމެއް: ޔާމީން
"މަޖުނޫނު"ގެ އަސަރުގަދަ ޓްރެއިލާ ބަލައިފިންތަ؟
އެޗްޑީސީގެ ޗެއާމަންގެ މަގާމުން ނާސިފް ވަކިކޮށް ވެމްކޯއަށް
ފެނަކައިގެ ޗެއާމަނާއި ދެ ބޯޑު މެމްބަރުން ވަކިކޮށްފި
އެޗްޑީސީގެ ޗެއާމަންކަމުން ޒުހޫރު ވަކިކޮށްފި