ފެނަކައިގެ ޗެއާމަން އަހްމަދު ޝަހީރު އާއި އެގްޒެކެޓިވް ޑިރެކްޓަރު އަދި ބޯޑު މެމްބަރު އިބްރާހީމް ނާއިފާއި ޑިރެކްޓަރު އަހްމަދު އީހާބް މަގާމުން ވަކިކޮށްފި އެވެ.
އެ ބޭފުޅުންގެ ތެރެއިން ޝަހީރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރެވެ. އަދި ނާއިފަކީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ތިމާގެ ބޭފުޅެކެވެ.
އެ ތިން ބޭފުޅުން މަގާމުން ވަކިކޮށްފައި ވަނީ ފެނަކަ ރިފޯމް ކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ކުންފުނީގެ ޕްރޮކިއުމެންޓް ޕޮލިސީ ބަދަލުކުރުމަށް ބާއްވާ ތިން ވަނަ ބައްދަލުވުން މިިދިޔަ ބުރާސްފަތި ދުވަހު ބާއްވަން ތާވަލްކުރި އެވެ. އެ ބައްދަލުވުން ތާވަލްކޮށްފައި ވަނިކޮށް ކުލިގޮތަކަށް އެ ތިން ބޭފުޅުން މަގާމުން ވަކިކުރުމުން ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކީ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދެވެ.
އުފާތައް ގުރުބާން ނުކޮށް ވެސް ފައިސާ ރައްކާ ކުރެވިދާނެ!
ނުހައްގު މުއްސަނދިކަން ހުއްޓުވާ ބިލު މަޖިލީހުގައި ތާށިވެފައި!
ހަމަލާތައް މެދުކަނޑާލުމާއެކު ތެލުގެ އަގު 5 ޕަސެންޓަށް ދަށްވެއްޖެ
