ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުން އަހުމަދު ޒުހޫރު މިއަދު ވަކިކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުން ވަނީ އެކްސްގައި މިކަން ހާމަކޮށްފަ އެވެ.
އޭނާ އެ މަގާމަށް، އައްޔަންކުރީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ ސަރުކާރުގެ ގިނަ މަގާމްތަކެއް ފުރުއްވާފަ އެވެ. އޭގެ ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމާއި ޔޫތު މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރުކަމުގެ އިތުރުން ހޯމް މިނިސްޓަރުކަން ދުވަސްކޮޅަކަށް ކުރެއްވި އެވެ.
ޔާމީންގެ ވެރިކަމުގައި ޒުހޫރު ވަނީ އިކޮނޮމިކް ކައުންސިލްގެ ޗެއާގެ މަގާމް ވެސް ފުރުއްވައިފަ އެވެ.
ޒުހޫރު މަގާމުން ވަކިކުރީ ކީއްވެކަމެއް ސާފެއް ނުވެ އެވެ.
ހުޅުމާލޭގައި 14 ބުރީގެ ކޯޓު ކޮމްޕްލެކްސްއެއް އަޅަން ހަވާލުކޮށްފި
މިއީ މިނިވަން ދުވަހުގެ ޖަލްސާއަށް ނުކިޔާ ފުރަތަމަ ފަހަރު: ނަޝީދު
ދުނިޔޭގެ ފަސް ގައުމަކުން މަތީ ތައުލީމުގެ ފުރުސަތު ހުޅުވާލައިފި