އީރާނުގެ އެއާލައިންތަކުން އެ ގައުމަށް ކުރާ އަދި އެ ގައުމުން ބޭރަށް ކުރާ ހުރިހާ ދަތުރުތަކެއް ވަކި މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައިވާ ކަމަށް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ޖެނެރަލް ސިވިލް އެވިއޭޝަން އޮތޯރިޓީން ބުރާސްފަތި ދުވަހު ބުނެފި އެވެ.
ދައުލަތުގެ ނިއުސް އެޖެންސީ މެދުވެރިކޮށް އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ނިންމުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އެއާޕޯޓްތައް ބޭނުންކުރުމާ ގުޅިގެން އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ކުރިމަތިކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ރިއާޔަތްކޮށް ނިންމި ނިންމުމެއް ކަމަށެވެ.
ޔޫއޭއީގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ ދުބާއީއަކީ އީރާނުގެ އެއާލައިންތަކަށް އެންމެ މުހިންމު އެއް މަންޒިލެވެ. ކޮންމެ ދުވަހަކުވެސް އީރާނުން ދުބާއީއަށް ގިނަ އަދަދެއްގެ ފްލައިޓްތައް ދަތުރުކުރެ އެވެ.
ޔޫރަޕް، އޭޝިއާ އަދި އެފްރިކާއާ ގުޅުވައިދޭ ދުބާއީ އެއާޕޯޓަކީ އީރާނުގެ ދަތުރުވެރިން ޓްރާންސިޓް ކުރުމަށް އާންމުކޮށް ބޭނުންކުރާ ތަނެކެވެ. އަދި މިއީ ވިޔަފާރި ދަތުރުތަކުގައި ދާ މުހިންމު މަންޒިލެއްވެސް މެއެވެ.
އީރާނުގެ ދަތުރުވެރިންގެ މުހިންމު އަނެއް މަންޒިލް ކަމަށްވާ ތުރުކީވިލާތް އަދިވެސް އޮތީ އީރާނުގެ ދަތުރުވެރިންނަށް ހުޅުވާލެވިފަ އެވެ.
ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އެމެރިކާއިން ވަނީ އީރާނުގެ އޭވިއޭޝަން ދާއިރާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، އެ ދާއިރާއާ ގުޅިގެން މަސައްކަތްކުރާ ކުންފުނިތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އިންޒާރު ދީފަ އެވެ.
އެ ކުންފުނިތަކަށް ބުދަ ދުވަހާ ހަމައަށް ދީފައިވާ މުއްދަތުގައި، އީރާނުގެ ބޯޓުތަކަށް ތެޔޮ އެޅުން ހުއްޓާލުން ފަދަ ކަންކަމަށް އަމަލުކުރަން ޖެހެ އެވެ. އެހެން ނޫންނަމަ، ޑޮލަރުގެ މައްޗަށް ބިނާވެފައިވާ މާލީ ނިޒާމުން ވަކިކޮށްލުމުގެ ފުރުސަތު އޮތް ކަމަށް އަންގާފައިވެ އެވެ.
ބުދަ ދުވަހުން ފެށިގެން، އަވަށްޓެރި ގައުމުތަކުން ހަރުކަށި ފިޔަވަޅުތަކެއް އެޅުމާ ގުޅިގެން، އީރާނުގެ މައިގަނޑު އެއާލައިންތަކަށް ވަނީ ބައިނަލްއަގުވާމީ ދަތުރުތައް ކެންސަލް ކުރަން މަޖުބޫރުވެފަ އެވެ.
ބުރާސްފަތި ދުވަހު ތުރުކުމެނިސްތާނުން ވެސް ވަނީ މި ފިޔަވަޅުތަކާ ގުޅިފަ އެވެ.
"ތުރުކުމެނިސްތާނުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އީރާނުގެ އެއާލައިންތަކަށް ނުދިނުމުގެ ސަބަބުން، ތެހެރާނުން ދުޝަންބޭއަށް ދަތުރުކުރި ފްލައިޓަށް މަންޒިލަށް ނުގޮސް އަނބުރާ ތެހެރާނުގެ އިމާމް ޚުމައިނީ އެއާޕޯޓަށް ދާންޖެހުނު،" ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަންގެ ތަރުޖަމާނު މަޖީދު އަޚަވާން އިސްނާ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.
މި ފިޔަވަޅުތަކާ އެކުވެސް، އީރާނުގެ ބައެއް ކުދި އެއާލައިންތަކުން ދަނީ ބޭރު ގައުމުތަކަށް ދަތުރުކުރަމުންނެވެ. އޭގެ ތެރޭގައި އެމެރިކާގެ ފިއްތުންތަކަށް ބޯލެނބުމަށް އިންކާރުކުރާ ޗައިނާގެ އިތުރުން އަރުމީނިއާ ހިމެނެ އެވެ.
އީރާނުގައި ގާތްގަނޑަކަށް 30 އެއާލައިން އޮންނައިރު، އޭގެ ތެރެއިން ގިނަ އެއާލައިންތަކަކީ އެ ގައުމުގެ އެތެރޭގެ ދަތުރުތަކާއި ސަރަހައްދީ ދަތުރުތައް ކުރާ އެއާލައިންތަކެވެ. ބައިނަލްއަގުވާމީ ދަތުރުތަކުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ގައުމީ އެއާލައިން ކަމަށްވާ އީރާން އެއާ އާއި އަމިއްލަ ކުންފުންޏެއް ކަމަށްވާ މަހާން އެއާލައިން އެވެ.
ދިގު އަދި ދުޅަހެޔޮ އުމުރަކަށް ދިރިއުޅުމުގެ މުހިއްމު 5 އަސާސް!
ބްރިޖްގައި އެކްސިޑެންޓެއް، އެކެއްގެ ފައިގެ ކަށިމަތި ފަޅައިގެން!
ކަނޑުގެ 500 މީޓަރު އަޑިން ފެން ނަގަން ސާވޭކޮށްފިން: ފަހުމީ

އީރާނުގެ އެއާލައިންތައް މާދަމާ ހުއްޓުމަކަށް އަންނާނެ: ބެސެންޓް
އީރާނާ ދެކޮޅަށް ވަރުގަދަ އިގްތިސާދީ ހަނގުރާމައެއް އިއުލާންކޮށްފި