ބެއިޖިންގް (26 މެއި)- ކޮވިޑް- 19ގެ އަސްލު ދެނެގަތުމަށް މިނިވަން ތަހުގީގެއް ފެށުމަށް ހުއްދަ ދެވޭނެތޯ ސުވާލު ކުރެވެމުން ޗައިނާގެ ސަރުކާރުން އެ ސުވާލުތަކަށް ފުރިހަމަ ޖަވާބެއް ނުދޭކަން މީޑިއާތަކުން ފާހަގަކޮށްފި އެވެ.

ޕެންޑަމިކް ފެތުމުމުގެ ކުރިން ވޫހޫން ލެބޯޓްރީއެއްގެ ސައިންސްވެރިންތަކެއް ހޮސްޕިޓަލުން ފަރުވާ ހޯދިކަމަށް ބުނާ ރިޕޯޓުތަކެއް ފެންމަތިވުމާއެކު އެފަދަ ތަހުގީގެއް ފެށުމަށް ބައިނަލްއަގްވާމީ މުޖްތަމައު އިން، ހާއްސަކޮށް އެމެރިކާ އިން ގޮވާލާ ގޮވާލުންތައް ވަނީ އަޑުގަދަ ވެފަ އެވެ.

ތަހުގީގާ ބެހޭ ގޮތުން ސުވާލު ކުރެވުމުން ޗައިނާގެ ޚާރިޖީ ވަޒީރު ޒާއޯ ލިޖިއަން ވަނީ ބަލީގެ އަސްލު ދެނެގަތުމަށް ޑަބްލިއްއެޗްއޯ އިސްވެ ފެބްރުއަރީ މަހު ތަހުގީގެއް ހިންގާފައި ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ވޫހާން ލެބޯޓްރީގެ މުވައްޒަފުންގެ ފަރުވާ އާ ގުޅިގެން މިނިވަން ތަހުގީގަކަށް ޖާގަ އެބައޮތްތޯ ކުރެވުނު ސުވާލަށް އޭނާ ޖަވާބެއް ނުދެއްވަ އެވެ.

ކޮވިޑް-19 އަކީ ޗައިނާގެ ލެބޯޓްރީއަކުން އުފެއްދި ވައިރަހެއް ކަމަށް ބާރުލިބޭ ހެކިތަކެއް އާއްމުވެފައިވާއިރު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ މި މައްސަލާގައި މިނިވަން އަދި މުސްތަގިއްލު ތަހުގީގެއް ކުރުމަށް ގޮވާލާފަ އެވެ.

މި ތުހުމަތުތައް ދޮގުކޮށް ޗައިނާގެ ސައިންސްވެރިން ބުނެފައިވަނީ ކޮވިޑް-19 ފެތުރިފައި ވަނީ ވާލުންނާއި ޕެންގޮލިން ނަމަކަށް ކިޔާ ޖަނަވާރެއްގެ ފަރާތުން ކަމަށް ބުނެ ޗައިނާ ދިފާއު ކޮށްފަ އެވެ.-- ޓައިމްސް އޮފް އިންޑިއާ