ސަރުކާރުން މިއަދު އިއުލާނު ކުރެއްވި އަގުހެޔޮ އިންޓަނެޓް އަގުތަކަކީ އަމާ ބުނީތީ ފަރަންދާ އުސޫލުން ކުރެއްވި ކަމެއް ކަމަށް ވިދާޅުވެ ކުރީގެ ސައިންސް އެންޑް ޓެކޮނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު ފާޑު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން މިއަދު ވަނީ އިންޓަނެޓް އަގުތަކަށް ގެނައި ބަދަލު އިއުލާން ކުރައްވައިފަ އެވެ. އެގޮތުން ޖުލައި މަހުން ފެށިގެން ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ކަނެކްޝަންތަކަށް ވަނީ ގެނެސްފަ އެވެ. މި ބަދަލު ގެނައުމުން ގޭބިސީތަކާއި ވިޔަފާރިތަކުގައި ބޭނުންކުރާ އިންޓަނެޓްގެ އަގު ވަރަށް ބޮޑަށް ހެޔޮވެގެންދާނެ އެވެ. އަދި އޮކްޓޯބަރު މަހުން ފެށިގެން މޯބައިލް ފޯނުގެ އިންޓަނެޓް އަގު ހެޔޮވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
މިއަދު އިއުލާންކުރި އަގުތަކަށް ފާޑުވިދާޅުވެ، ކުރީގެ ސައިންސް މިނިސްޓަރު މަލީހު ވިދާޅުވީ އިންޓަނެޓްގެ އަގުތައް ސަރުކާރަށް އިއުލާން ކުރެވުނީ ވެސް އޭނާ މިނިސްޓަރުގައި ހުންނަވައިގެން އާ އަގުތައް ފޮނުވިތާ ދެ އަހަރު ފަހުން ކަމަށެވެ. އަދި އިންޓަނެޓް އަގުހެޔޮ ކުރިއިރު ތިން ޕެކޭޖަކުން އެކަނި އަގު ހެޔޮ ކުރުމުން ވެސް އޭނާ ފާޑު ވިދާޅުވެފައި ވެ އެވެ.
"މިނިސްޓަރު ޝައުނާ އަދި ދަސް ކުރައްވަން އެބަޖެހޭ ކޮންމެ އޮޕަރޭޓަރެއް އޮފާކޮށްފައިން ޕްލޭންތަކާއި ޕެކޭޖްތަކުގެ އަދަދުތައް. އެންމެ ތިން ޕެކޭޖެއް ނޫން ކުންފުނިތަކުން އޮފާ ކުރަނީ. މިއީތޯ ހައްގު މިންވަރު؟" މަލީހުގެ ޓުވީޓްގައި ވިދާޅުފައިވެ އެވެ.
މީގެ ކުރިން އިންޓަނެޓް އަގު ހެޔޮ ކުރަން ކުރި މަސައްކަތަށް ހުރަސް އެޅީ މިހާރުގެ ޓެކްނޮލޮޖީ މިނިސްޓަރު ޝައުނާ ކަމަށް މީގެ ކުރިން މަލީހު ވަނީ ވިދާޅުވެފަ އެވެ.
އިންޓެނެޓްގެ އަގު ހެޔޮ ކޮށްފައިވާ ގޮތާ ބެހޭ ގޮތުން ބައެއް އެހެން ފަރާތްތަކުން ވެސް ސަރުކާރަށް ފާޑު ކިޔާފައިވެ އެވެ.
ދެންލަލަލާ