މަރުވެގެން ގިނަ ދުވަސްވުމުގެ ސަބަބުން ކުނިވެފައިވާ ޒުވާނަކު މާލޭގެ ގެއަކުން މިރޭ ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އެ މީހާ ފެނިފައި ވަނީ ގަލޮޅުގެ ގެއަކުން ކަމަށެވެ. ނަމަވެސް އެ މީހާއާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ކުނި ވަސްދުވާތީ ގަލޮޅުގެ ގެއެއް ބެލިއިރު، ޒުވާން އަންހެނަކު މަރުވެފައި އޮއްވައި މިރޭ ފެނިފައިވާ ކަމަށާއި އެކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިރޭ 2:33 ގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އެއީ 27 އަހަރުގެ އަންހެނެއް ކަމަށެވެ. ފުލުހުންގެ ފޮރެންސިކް ޓީމުން އަންނަނީ އެގޭގައި ހަރަކާތްތެރިވަމުންނެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ޓްރަމްޕް ޑިޕްލޮމެސީގެ އުސޫލުތަކާ ހިލާފުވެއްޖެ: އީރާން
ދަތަށް އިލޮށިކޮޅު ހެރުން ރަނގަޅެއް ނޫން!
"ނާގިން 7"ގެ ގްރޭންޑް ފިނާލޭ އަންނަނީ!
