އދ. ގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތަށް ދިވެހިރާއްޖެ އިންތިޚާބުކޮށްފި އެވެ.
އާއްމު މަޖިލީހުގެ ރިޔާސަތުގެ ވޯޓު އޮތީ މިއަދު، ނިއުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގަ އެވެ. މި އިންތިޚާބު، ރާއްޖޭގެ ކެންޑިޑޭޓް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކާމިޔާބު ކުރެއްވީ ވޯޓުގައި ބައިވެރިވި ގައުމުގެ ތެރެއިން 143 ގައުމުގެ ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ.
އަންނަ ސެޕްޓެމްބަރު 14 ގައި ފެށޭ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ފަރާތުން ރިޔާސަތު ބަލަހައްޓަން ފޮރިން މިނިސްޓަރު ޝާހިދު ނޮމިނޭޓްކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެވެ. މިއީ އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެއިން ކުރިމަތިލި ފުރަތަމަ ފަހަރެވެ. އަދި ރާއްޖެ ވެގެން މިދިޔައީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން އދ. ގެ ރިޔާސަތު ބަލަހައްޓާ ހަ ވަނަ ގައުމަށެވެ. އދ. ގެ އާއްމު މަޖިލީހަކީ އދ. ގެ މައިގަނޑު ހަ ގުނަވަނުގެ ތެރެއިން އެއް ގުނަވަނެވެ.
އަދި މިއީ ސިޔާސަތު ކަނޑައެޅުމާއި މަޝްވަރާކުރުމުގެ މައިގަނޑު ގުނަވަން ވެސްމެ އެވެ. އދގެ އާއްމު މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާނީ އެ މަޖިލީހުގެ ރައީސް އެވެ. އަދި އާއްމު މަޖިލީހުގެ ރައީސް، ބައިނަލްއަގުވާމީ ބައްދަލުވުންތަކާއި ސަރަހައްދީ ބައްދަލުވުންތަކުގައި އދ. ގެ މުޅި މެމްބަޝިޕް ތަމްސީލްކުރައްވާނެ އެވެ. ދިވެހިރާއްޖެއިން އދ. ގެ މެމްބަރު ގައުމަކަށްވީ މިނިވަންކަން ލިބުނުތާ ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭ، 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ.
ސާހިދު ކޮބައި ކަލޭގެ ލަދު ހަޔާ؟ރައްޔަތުން ބަލިމަޑު ކަމެއްގާތިއްބާ ބޭރުން ލިބުނުހާފައިސާ ތިޔަ ރައީސްކަންހޯދުމަން ތިހަތަދުކުރި މިހާރުވެސް އަތޮޅުތެތޭގާ ޓެސްޓު ކޮއްލާނެ މެސެނެތް ނެތް ވެކްސިނެއްވެސްނެތް؟ ހިތު ރައީސްނަސީދާ ދިމާކޮއްގެންތިޔައުޅެނީ ވެރިކަންބޭނުމުގާ ތިކަމެންނުވާނެ މގައުމުގާއޮތީ ދެފިކުރު ރައީސްނަސީދު ރައީސް ޔާމީނު ކަލޭންދެންޖެހޭނީ ޖާނާގެން ބޭރުންހޯދަފައި ގަޑުވަރުތަކައްދާން؟؟