ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީީ)އިން ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހިމް ނަފީސް ހުސައިންގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފި އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ބަންދުން ދޫކޮށްލުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމުމުން، އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހަޅައި، އެކޯޓުން ކަނޑައެޅި ގޮތަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބަންދު މުރާޖައާ ކޮށްދިނުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުގައި އެދުނު ކަމަށެވެ.
ނަމަވެސް އެ ހުށަހެޅުން ބަލައިނުގަނެ އެކި ފަހަރު މަތިން އެދުމުންވެސް އެ ހުށަހެޅުމާ މެދު ގޮތެއް ނިންމާފައި ނުވާ ކަމަށް ބުނެ ނަފީސްގެ މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
ޖޭއެސްސީން ބުނީ، އިސްމެޖިސްޓްރޭޓް ނަފީސް އަމަލުކުރައްވާފައިވާ ގޮތާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކުރުމަށް ނިންމީ ކޮމިޝަނުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް މިހާރު ވަނީ ކޮމިޓީއެއް އެކުލަވާލައިފައި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
 ވަޤުފް ދާއިރާއިން އިންވެސްޓް ކުރުމަށް ފަހުމުނާމާއެއް
			ވަޤުފް ދާއިރާއިން އިންވެސްޓް ކުރުމަށް ފަހުމުނާމާއެއް
		 އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
			އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
		 ތައިލެންޑުގެ އިންހެލާ ފުޅީގެ ބެޗެއް ތަޣައްޔަރުވެއްޖެ
			ތައިލެންޑުގެ އިންހެލާ ފުޅީގެ ބެޗެއް ތަޣައްޔަރުވެއްޖެ
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					