ދުނިޔޭގެ ކަނޑުތަކުގައި ދަތުރުކުރުމަށް ޑިޒައިންކޮށްފައިވާ އެންމެ ބޮޑު އަދި އެންމެ އަގުބޮޑު ޔޮޓްގެ ފުރަތަމަ ފެނިލުން އާއްމުންނަށް ދައްކާލައިފި އެވެ.
ސޮމިނޯ ނަމަކަށް ކިޔާ މި ޔޮޓްގެ ދިގު މިނުގައި 222 މީޓަރު ހުންނައިރު، މިއީ މިހާތަނަށް ލޯންޗް ކުރެވޭ އެންމެ އަގު ބޮޑު ޔޮޓެވެ. އެގޮތުން މުޅި ޔޮޓްގެ އިންޓިއާރިޔާގެ އަގު 500 މިލިއަން ޔޫރޯއަށް އަރާއިރު، މި ޔޮޓްގެ ވަކިވަކި އެޕާޓްމަންޓްތަކުގެ އަގު ފެށޭނީ 9.5 މިލިއަން ޔޫރޯއިންނެވެ.
ހަބުރިއަށް ހަދާފައިވާ މި ޔޮޓްގެ ކޮންމެ ބުރިއެއްގައި ބަދިގެއަކާއި ޖިމެއްގެ އިތުރުން ލައިބްރަރީއަކާއި ކެއުމަށް އިންޑޯ އަދި އައުޓް ޑޯ އޭރިއާތައް ހެދިފައި ހުރެ އެވެ.
މި ޔޮޓްގެ ވެރިފަރާތް ސިއްރު ކުރެވިފައިވާއިރު، އަރާމު ދަތުރަކަށް މި ޔޮޓްގެ އެޕޯޓްމަންޓް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭނީ ވެރިފަރާތުގެ ހުއްދަ ލިބިފައިވާ ފަރާތަކަށެވެ.
ދުނިޔޭގެ އެންމެ ފުރަތަމަ ޔޮޓް ލައިނާގެ މަގާމު ލިބިފައިވާ ސޮމިނޯ އޮޕަރޭޝަނަށް ނެރޭނީ އަންނަ 2024 ވަނަ އަހަރު އެވެ.
މެނިފެސްޓޯ ތަންފީޒުކުރަން ފުރުސަތު ނުދީފި ނަމަ ގޯސްވާނެ: އާޒިމް
ގަވާއިދުން ހިނގުމަކީ ސިއްހަތަށް ފައިދާހުރި ކަމެއް: ދިރާސާ
ބީއެމްއެލްގެ ސްޕޯޓްސް ސްކޮލާޝިޕް ލިބޭ އެތުލީޓު ހޮވައިފި