ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާގެ ޑިޕްލޮމޭޓުންގެ ކަރާމަތަށް އަރައިގަންނަ މައްސަލަ ބަލަން ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގެ ހައިކޮމިޝަނާ ދެކޮޅަށް ހަމަނުޖެހުން ހިންގަން ސޯޝަލް މީޑިއާގައި ގޮވާލަމުންދާ ގޮވާލުންތައް އެ ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ޝަރީފް ވިދާޅުވީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން މިފަދަ މައްސަލައެއް ބަލަމުން އަންނައިރު، ދިޔަރެސް ނޫހާ މެދު ފިޔަވަޅު އަޅަން އިންޑިއާ އެމްބަސީން ދިވެހި ސަރުކާރުގައި ސިޓީއަކުން އެދިފައިވާ ކަމަށް އެ ނޫހުން ވަނީ ބުނެފަ އެވެ.
ދިޔަރެސް ނޫހުން ބުނެފައި ވަނީ އެ ސިޓީގައި އިންޑިއާ ހައިކޮމިޝަނުން ވަނީ އެ ހައިކޮމިޝަނާއި، ހައިކޮމިޝަނުގެ އިސްވެރިންނާއި މުވައްޒަފުންގެ އަބުރާއި ކަރާމާތަށް އުނިކަން އަންނަ ގޮތަށް ރާއްޖޭގެ ނޫސްތަކުގައި އާއި، ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންދާކަން މިނިސްޓްރީގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަމަށް ރައީސް އޮފީހުގެ އިސް ބޭފުޅަކު އެ ނޫހަށް މައުލޫމާތު ދީފައިވާ ކަމަށެވެ. .އަދި މިއީ ވަރަށް ބޮޑަށް ރޭވިގެން، ޒާތީގޮތުން ދެމުންދާ "ހަމަލާ" ތަކެއްގެ ގޮތުގައި އިންޑިއާ ހައިކޮމިޝަނުން އެ ސިޓީގައި ސިފަކޮށްފައިވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
ސަންޖޭ މުދީރު އައުޓު ސަންޖޭ ހޭރޭ އައުޓު ސަންޖޭ ލިފުޓު އައުޓު ސަންޖޭ ގޮނޑިދުއްވާ އައުޓު
އިންޑިޔާއިން ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަ މަސްއަލަ ބަލަންވީނު.
ރަސޫލު ޞައްލައްﷲ އަށް އަދި އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލަތައް ކޮބާހޭ؟
ގަލަމާއި ދުލުގެ މިނިވަން ކަމާއި ހިޔާލު ފާޅު ކުރުމުގެ ހައްގު އެއީ ބައިނަލް އަގުވާމީ ގާނޫނު .
ޝަރީފު ކަލޭ ތިހުރީ ރަގަޅަށް އިންޑިޔާ އަތުން ކައިފަ އިންޑިޔާ ބޭންކުން ކަލެއަށް ރަގަޅަށް ކާންދީފަ ވަނީ އެކައުންޓުން ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްއެކަނ ްްއެގޭ!