ގުދުސް (04 ޖުލައި) - އިޒްރޭލްގެ ސިފައިން ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވި ފަލަސްތީނުގެ އާއްމު ރައްޔިތެއްގެ ގަޔަށް ބަޑިޖަހާ ޝަހީދު ކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ބުނެފި އެވެ.
އިޒްރޭލުން ދިން ހަމަލާގައި ޝަހީދުވެފައި ވަނީީ ގުސްރާ ނަމަކަށް ކިޔާ ސަރަހައްދަކަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ މުހައްމަދު ފަރީދު ހަސަން ކަމަށް އެ ވުޒާރާއިން ވަނީ ބުނެފަ އެވެ.
ފަލަސްތީނުގެ ދައުލަތުގެ މީޑިއާ ކަމަށްވާ ވަފާއިން ބުނިގޮތުގައި ފަރީދުގެ މެޔަށް އިޒްރޭލުގެ ސިފައިން ބަޑިޖަހާ މަރާލާފައި ވަނީ ހުޅަނގު އައްސޭރީގައި އާބާދުވެގެން އުޅޭ ޔަހޫދީންތަކެއް ފަލަސްތީނުގެ ސަރަހައްދަށް އަރައިގަތުމުން ހިނގި ކުރިމަތިލުންތަކެއްގެ ތެރެއިން ކަމަށެވެ.
1967 ވަނަ އަހަރުން ފެށިގެން ހުޅަނގު އައްސޭރި އިޒްރޭލުގެ އަތްދަށުގައި އޮތް އިރު، 500،000 އަށްވުރެ ގިނަ ޔަހޫދީން ވަނީ އެ ސަރަހައްދުގައި އާބާދުވެފަ އެވެ.
ފަލަސްތީނުގެ ރައްޔިތުން އަންނަނީ އިޒްރޭލުގެ އިސްތިއުމާރީ އަމަލުތަކާ ދެކޮޅަށް ކޮންމެ ހަފުތާއަކު ވެސް އެއްވެ މުޒާހަރާ ކުރަމުންނެވެ.
ފަލަސްތީނާއި ދުނިޔޭގެ އެހެން ގިނަ ގައުމުތަކުން ގަބޫލު ކުރާ ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅެނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ދެކޮޅަށެވެ. – އަލް އަރަބިއްޔާ
ޑިޒްނީގެ "ޓޯއި ސްޓޯރީ 5"ގައި ޓޭލާގެ ލަވައެއް!
އެލްނީނޯއިން ކުރިމަތިވެދާނެ ގަދަ ހޫނަށް ތައްޔާރުވާން ގޮވާލައިފި
އީރާނާއި އެމެރިކާގެ ހަމަލާތަކެއް، މަސްރަހު ގޯސްވުމުގެ ބިރު ބޮޑު