މުނިފޫހިފިލުވުމުގެ ދާއިރާގައި ނަން މަޝްހޫރު ދެތަރިން ކަމަށްވާ ކިމް ކާޑޭޝިއަން އާއި ކްރިސް ޖެނާއާ ދެމެދު އޮތް އާއިލީ ގުޅުމަށް ވުރެ ޓީމެއް ގޮތުގައި އޮތް ގުޅުން މާ ވަރުގަދަ އެވެ.

އިދްރިސް އެންޑް ސަބްރީނާ އެލްބްސްގެ ޝޯގައި މެހެމާނެއްގެ ގޮތުގައި ބައިވެރިވި މި ދެ ތަރިން ވަނީ އާއިލާ އާއި ވިޔަފާރި އަދި އެމީހުންގެ ޝޯ "ކީޕިން އަޕް ވިތް ދި ކާޑަޝިއަން" އާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

ކްރިސް ޖެނޭއަކީ ކިމްގެ މަންމަ އެވެ.

ޝޯގެ ސީޒަން އެކެއްގައި އާއިލާ ތައާރަފް ކޮށްދިން އިރު އެ މީހުންނާ ނުލާ އޭނާއަކީ އެއްވެސް މީހެއް ނޫން ކަމަށް ވިސްނުން ކަމަށެވެ. އެއްމެންނަށްވެސް އެއް ވަރަކަށް އިހުތިރާމްކުރާ ކުރަމަށާއި ފުރަތަމަ ދުވަހުން ފެށިގެން ވެސް އެންމެންނަށް އެއްވަރަކަށް މުސާރަ އާއި މަސައްކަތް ކުރާ ގަޑި ބަހާލި ކަމަށް ކިމް ބުންޏެވެ.

ޝޯ ނިންމާލުމުގެ ކުރިން ކިމް އާއި ކުރިސްގެ ވިޔަފާރިގެ ވާހަކައަށް އަލި އަޅުވަލަމުން އޭނާ ބުނެފައި ވަނީ "އަހަރެންނަކީ މަންމައަށް ވުރެ މަސައްކަތައް ދެވިހިފާފައި ހުރި މީހެއް. މަންމަގެ މަސައްކަތް ނިންމާލި ކަމުގައި ވިޔަސް ވިޔަފާރި ވާހަކަ އެތައް އިރަކު ދައްކަން،" އެވެ.