ދުނިޔޭގެ މަޝްހޫރު ސްޓްރީމިން ސާވިސް ކަމަށްވާ ނެޓްފްލިކްސްއަށް ކުރިއަށް އޮތް އެއް އަހަރު ދަވުހަގެ ތެރޭގައި ވީޑިއޯ ގޭމްސް ތައާރަފުކުރަން ވިސްނާ ކަމަށް ނެފި އެވެ.

ބްލޫމްބާގުން ބުނެފައި ވަނީ ނެޓްފްލިކްސްގައި ވީޑިއޯ ގޭމް ކުޅުމަށް ސަބްސްކްރިޕްޝަން ފީގެ އިތުރަށް ވީޑިއޯ ގޭމްތަކުގެ އަގު ދައްކަން ޖެހޭނެ ކަމަށެވެ.

ނެޓްފްލިކްސްއަށް ވީޑިއޯ ގޭމްތައް ތައާރަފް ކުރުމަށްޓަކައި އިލެކްޓްރޯނިކް އާޓްސްގެ ތަޖުރިބާކާރު ޓީމެއް ނަގާފައިވާކަން ނެޓްފްލިކްސް އިން ވަނީ ޔަގީންކޮށް ދީފަ އެވެ.

ނެޓްފްލިކްސްގެ ހިދުމަތްތައް ފުޅާކުރަން ނިންމާފައި މިވަނީ އާމްދަނީ ހޯދުމަށް ގިނަ ގޮންޖެހުންތަކަކާ އެ ކުންފުންޏަށް ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.

ނެޓްފްލިކްސްއަކީ އިޝްތިހާރު ދައްކާ ޕްލެޓްފޯމްއަކަށް ނުވުމާއެކު އެ ކުންފުންޏަށް ލިބޭ ހުރިހާ އާމްދަނީ އެއް ލިބެނީ ކަސްޓަމަރުން މަހުފީގެ ގޮތުގައި ދައްކާ ފައިސާއިންނެވެ.

އެހެންކަމުން ވީޑިއޯ ގޭމްސް ތައާރަފް ކުރުމަކީ އެ ކުންފުނީގެ މާލިއްޔަތަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ޓެކްނޮލޮޖީ ދާއިރާގެ މާހިރުން ލަފާކުރެ އެވެ.

ނެޓްފްލިކްސްއަށް ވީޑިއޯ ގޭމް ތައާރަފްކުރުމަކީ ގިނަ ބަޔަކަށް ލިބިގެންދިޔަ އުފާވެރި ހަބަރެކެވެ. ޚާއްސަކޮށް އަހަރެމެން ދިވެހިންނަކީ ވީޑިއޯ ގޭމްތަކަށް ފޯރި ހުންނަ ބަޔަކަށްވުމާއެކު، މިއީ ގިނަ ދިވެހިންނަށް ލިބޭ ރަނުގެ ފުރުސަތެކެވެ.