ބަރުދަން ލުއިކުރުމަށް އެއްވެސް މަސައްކަތެއް ނުކޮށް ބަރުދަން މާބޮޑަށް ލުއިވާ ނަމަ، އެއީ ވީ އެންމެ އަވަހަކަށް ސިއްހީ ލަފާ ހޯދަން ޖެހޭނެ ކަމެކެވެ. އެކަން އެގޮތަށް މެދުވެރިވެދާނެ ގިނަ ސިއްހީ މައްސަލަތަކެއް ހުރިއިރު މި ލިޔުމުގައި އޭގެ ތެރެއިން ބައެއް ސަބަބުތަކަށް ކުރުކޮށް ބަލާލާނަމެވެ.
ތައިރޮއިޑް ބަލި
ހަށިގަނޑުގައި ތައިރޮއިޑް ހޯމޯންތައް ގިނަވެ، މެޓަބޮލިޒަމް ފަދަ ހަށިގަނޑުގެ ގިނަ ކަންތައް ކޮންޓްރޯލް ކުރާނަމަ ބަރުދަން ލުއިވުމަށް މަގުފަހިވާނެ އެވެ.
ހަކުރު ބަލި
ހަކުރު ބަލި ހުންނަ މީހުންގެ ލޭގައި ހަކުރުގެ މިންވަރު ދަށްވާނަމަ ހަށިގަނޑަށް ހަކަތަ ލިއްބައި ދިނުމުގެ ގޮތުން ސަރުބީ ވިރުވަން ފަށަ އެވެ. ނަތީޖާއަކަށް ވަނީ ބަރުދަން ލުއިވެ ހިކުމެވެ.
ޑިޕްރެޝަން
ކްލިނިކަލް ޑިޕްރެޝަންގެ ސަބަބުން ދިމާވާ އެންމެ ބޮޑު އެއް ކަމަކީ ކާ ހިތްނުވުމެވެ. ކެއުން މަދުވުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ މާއްދާތައް ނުލިބި ބަރުދަން ލުއިވާ ގޮތްވެ އެވެ.
"ހަންކެނޑެ ތަރައްގީނުވި ބަޔަކަށް، ސަވާހެލި ތަރައްގީ ނުކުރެވޭނެ"
ސޯޝަލް މީޑިއާއިން "ކާލާ ހިރަން"ގެ ޓީޒާ ނަގަން ކޯޓުގެ އަމުރެއް!
ބްލޮކް ގްރާންޓަށް 2.5 ބިލިއަން ރުފިޔާ ކަނޑައަޅައިފި