ކުޑަކުއްޖަކާ ބެހުމުގެ ތުހުމަތުގައި ހައްޔަރުކުރި ފިލްމީ ތަރި މުހައްމަދު ޔުނާންގެ ދެމަފިރިންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާ އެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގައި އުމުރުން 30 އަހަރުގެ އަންހެނަކާއި 29 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައި ވަނީ މިމަހުގެ ފަސްވަނަ ދުވަހު އެވެ. އަދި އެ ދެ މީހުންގެ ބަންދަށް 7 ދުވަސް ކްރިމިނަލް ކޯޓުން އެ ދުވަހު ޖަހައިދީފައިވެ އެވެ.

މި މައްސަލާގައި ޔުނާންގެ ދެމަފިރިން ހައްޔަރުކުރަން ގޮވާލައި ހުޅުމާލޭގައި އެމީހުން ދިރިއުޅޭ ގެ ކައިރިއަށް ވެސް ބަޔަކު އެއްވެ މުޒާހަރާ ކުރިއެވެ. އަދި އެ މުޒާހަރާއާ ގުޅިގެން ފުލުހުން ވަނީ އެ ދެމަފިރިންނަށް އެރޭ ހިމާޔަތް ދީފަ އެވެ. އެކަމަކު، ފަހުން ދެ މަފިރިން ހައްޔަރުކުރުމަށްފަހު ކޯޓަށް ހާޒިރުކުރި އެވެ.

މި ދެމީހުންގެ މައްޗަށް ކުރެވެނީ ޔުނާންގެ އާއިލީ ކުއްޖަކާ އެކު ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތެވެ.