ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އާއި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވަރިވެއްޖެ އެވެ.

ޖާބިރު އާއި ދިޔާނާ އާއި ދެމަފިރިން ވަރިވެފައިވާކަން ހާމަކޮށްފައިވަނީ ދިޔާނާ ކުރެއްވި ޓުވީޓަކުނެވެ.

ދިޔާނާ ކުރެއްވި ޓުވީޓްގައި ވިދާޅުވީ އޭނާ އަކީ މިހާރު އެއްވެސް މީހެއްގެ އަންބެއް ނޫން ކަމަށެވެ.

ދިޔާނާ މިގޮތަށް ވިދާޅުވީ 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ޕްރޮފެސަރު ހަސަން އުގައިލް ވާދަކުރެއްވުމުގެ ކުރިން ރާއްޖެއަށް އެކަށޭނަ ޚިދުމަތެއް ކޮށްދެއްވަން ޖެހޭކަމަށް އޭނާ ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން މީހަކު ޓުވިޓާގައި ކުރި ކޮމެންޓަކަށް ރައްދު ދެއްވަމުންނެވެ.

ޖާބިރުއާއި ދިޔާނާއާއި މިހާރު އެއްވެސް ގުޅުމެއް ނެތްކަމަށް ނުވަތަ ކައިވެނީ ގުޅުމެއް ނެތްކަމަށް ދިޔާނާ ވިދާޅުވެފައިވާއިރު، ޖާބިރު މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ. އަދި ޖާބިރު މިފަހުން ވަނީ މަޖިލިސް ކުރިމަތީގައި މުޒާހަރާކޮށް، ރައީސް މައުމޫންގެ ގެކޮޅަށް ވެސް ގެއްލުންދީފަ އެވެ.

މިކަންކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ޖާބިރަށް އަމާޒު ވެސް ވި އެވެ.