އަމީތާބް ބަޗަން އާއި އިމްރާން ހާޝްމީގެ ތްރިލާ މިސްޓްރީ "ޗެހެރޭ"ސިނަމާގައި ރިލީސް ކުރުމަށް ހަމަޖައްސައިފި އެވެ.

މި ފިލްމުގެ ޓްރެއިލާ އަދި ޕޯސްޓަރުތަކަށް ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. ރުމީ ޖެފްރީ ޑައިރެކްޓްކުރާ މި ފިލްމަކީ އަމީތާބް ބައްޗަން އާއި އިމްރާން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.

އޭޕްރީލް މަހު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމް ކޮވިޑްގެ ސަބަބުން އެތައް ފަހަރަކު ވަނީ ލަސްވެފަ އެވެ. ނަމަވެސް ބެލުންތެރިންނަށް އުފާވެރި ހަބަރެއް މި ފަހަރު ޓީމުން މިވަނީ ދީފަ އެވެ. މި މަހުގެ 27 ވަނަ ދުވަހު ޗެހެރޭ ސިނަމާތަކުގައި އަޅުވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ބިގް ބީ ކްރިމިނަލް ވަކީލެއްގެ ރޯލުން ފެނިގެން ދާއިރު، އިމްރާން ފެނިގެން ދާނީ އެޑްވަޓައިޒިން އެޖެންސީއެއްގެ އެގްޒެކްޓިވްއެއްގެ ރޯލުންނެވެ.

ފިލްމުގައި ދައްކުވައިދެނީ ސުނޯގެ ތޫފާނެއްގެ ސަބަބުން ބިގް ބީގެ ގޭގައި އިމްރާން ތާށިވެ ހިގާ ކަންތައްތަކެކެވެ.

މި ފިލްމުގެ މުހިއްމު ރޯލްތަކަކުން އަންނޫ ކަޕޫރް، ކްރިސްޓަލް ޑީސޫޒާ، ދުރިމަން ޗެޓަރްޖީ، ރަޖޫބީރް ޔާދަވް، ސިދާންތް ކަޕޫރް އަދި ރިއާ ޗަކްރަބޯތީ ފެނިގެން ދާނެ އެވެ.