ކާބުލް (16 އޮގަސްޓް) - ވެރިކަން ދޫނުކޮށްފި ނަމަ ގައުމުގައި ލޭއޮހޮރުވުމެއް ފެށިދާނެ ކަމަށް ބުނެ އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ވަނީ މިދިޔަ އާދީއްތަ ދުވަހު އެގައުމު ދޫކުރައްވައި ވަޑައިގެންފަ އެވެ. އެ މަނިކުފާނު ވަޑައިގަތީ ތަޖިކިސްތާނަށް ކަމަށް ހަބަރު ފެތުރިފައި ވީ ނަމަވެސް އެ ގައުމަށް ޖައްސަން ހުއްދަ ނުލިބުމުން ޣަނީ ވަޑައިގަތީ އޮމާންއަށެވެ.

ރޮއިޓާސްއިން ބުނެފައި ވަނީ ޣަނީ އަފްޣާނިސްތާން ދޫކޮށް ވަޑައިގަތީ ހަތަރު ކާރާއި އެ ކާރުތަކާއި އިތުރު ހެލިކޮޕްޓަރެއް ފުރެންދެން ފައިސާ ހިއްޕަވައިގެންނެވެ.

މި ރިޕޯޓުގައި ވާގޮތުން ކާރުތަކާއި ހެލިކޮޕްޓަރު ފުރުމުގެ ސަބަބުން ޣަނީ ބޭނުންފުޅުވި އަދަދަކަށް ފައިސާ ނުގެންދެވި ގިނަ އަދަދެއްގެ ފައިސާ ބަހައްޓަން ވެސް ޖެހުނެވެ.

ޣަނީ މިހާރު ހުންނެވި ތަނެއް ސީދާ ނޭނގުނު ނަމަވެސް ތަޖިކިސްތާނަށް ޖައްސަން ހުއްދަ ނުލިބުމުން އޮމާންއަށް ދަތުރު ކުރެއްވި ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ.

އާދީއްތަ ދުވަހު އަފްޣާނިސްތާނު ދޫކޮށް ވަޑައިގަތުމުގެ ކުރިން ޣަނީ ފޭސްބުކްގައި އާއްމު ކުރެއްވި ދިގު މެސެޖެއްގައި ވިދާޅުވެފައި ވަނީ އެމަނިކުފާނު އެ ފިޔަވަޅު އެޅުއްވީ ގައުމުގައި ލޭއޮހޮރުވުމެއް ފެށި ގަތުލު އާއްމެއް ފެށުނަ ނުދޭން ކަމަށެވެ.

ޣަނީ ގައުމު ދޫކުރައްވައި ފުރާވަޑައިގަތުމުން ތާލިބާނުން ވަނީ ވެރިރަަށް ކާބުލްއަށް ވެރިވެގަނެ، އިސްލާމިކް އެމިރޭޓް އޮފް އަފްޣާނިސްތާންގެ ނަމުގައި އާ ދައުލަތެއް އިއުލާން ކޮށްފަ އެވެ. -- ހިންދުސްތާން ޓައިމްސް