ބަނޑު ހިންދާލުމަކީ ބަރުދަން ލުއިކުމރަން މަސައްކަތް ކުރާ މީހުންގެ އެންމެ ބޮޑު އެއް އަމާޒެވެ. ކަސްރަތާއި ކެއުމަށް ބަދަލު ގެނެސްގެން މިކަން ހާސިލް ކުރަން މަސައްކަތް ކުރާއިރު ބަނޑު ހިންދާލުމަށް އޮތް ވަރަށް ވެސް ފަސޭހަ އުކުޅެއް އެބަ އޮތެވެ.

ދިރިފެނަކީ ގޭގައި ވަރަށް ފަސޭހައިން ހަދާލެވިދާނެ ބުއިމެކެވެ. ސިއްހަތަށް އެހާ ފައިދާ ވެސް ހުރި ބުއިމެކެވެ. ބަރުދަން ލުއި ކުރުމާއި ބަނޑު ހިންދާލުމަށް އޮތް ފައްކާ އުކުޅެކެވެ.

ފެންފޮދެއްގައި ކުޑަ ދިރިކޮޅެއް 15 މިނެޓު ކައްކާލުމަށްފަހު ފުރާނާލައިގެން ބޯ މި ބުއިމުން ބަނޑު ހިންދާލުމަށް އެކި ގޮތްގޮތުން އެހީވެދެ އެވެ.

އެންމެ ފުރަތަމަ ކަމަކަށް ބަލާއިރު ދިރި ފެނަކީ ކެލޮރީ މަދު ބުއިމެކެވެ. އަވަހަށް ބަރުދަން ލުއި ކުރުމަށް އޮތަ ސިއްރަކީ ހަށިގަނޑަށް އެތެރެވާ ކެލޮރީ މަދު ކުރުން ކަމުގައި ވާއިރު ދިރި ފެނުން އެކަން ހާސިލް ކޮށްދެ އެވެ.

ހަމައެއާއެކު ދިރި ފެނަކީ ބަރުދަން ލުއިކުރުމުގައި މުހިއްމު ދައުރެއް އަދާ ކުރާ ހަށިގަނޑުގެ މެޓަބޮލިޒަމް އަވަސް ކޮށްދޭ ބުއިމެއް ކަމަށް ދިރާސާތަކުން ދައްކާފައިވެ އެވެ. އެހެންކަމުން ދިރި ފެން ބޯނަަ ބަރުދަން ހިއްކާލުމަށް ނުވަތަ ބަނޑު ހިންދާލުމަށް ކުރާ މަސައްކަތުގެ ނަތީޖާ އަވަހަށް ފެންނާނެ އެވެ.

މީގެ އިތުރުން ދިރި ފެނަކީ ގިނައިރު ވަންދެން ބެަނޑުހައިނުވެ މީހާ ބަހައްޓައިދޭ ބުއިމަކަށް ވުމާއެކު ކެއުން މަދުވެ ހަޖަމު ކުރުން ވެސް ރަނގަޅުވެ އެވެ. ނަތީޖާއަކަށް ވަނީ ބަނޑު ހިންދަން ފަސޭހަ ވުމެވެ.

ބަނޑު ހިންދަން މަސައްކަތް ކުރާނަަމަ އަވަހަށް ދިރިފެން ބޯން ފަށާށެވެ. މާ ލަހެއް ނުވެ އޭގެ ނަތީޖާ ފެންނަން ފަށާފާނެ އެވެ.