ބަތަކީ އަހަރުމެންގެ ކެއިން ބުއިމުގައި ވަރަށް ގިނައިން ބޭނުން ކުރެވޭ ބާވަތެކެވެ. ނަމަވެސް ބަރުދަން ލުއި ކުރަން މަސައްކަތް ކުރާ ފަރާތްތަކުން ބަތް ކެއުން ހުއްޓާލަން ޖެހޭ ވާހަކަ އަކީ ވަރަށް އާއްމުކޮށް އިވޭ ވާހަކަ އެކެވެ. މި ލިޔުމުގައި މިކަމުގެ ހަގީގަތަށް ބަލާލާނަމެވެ.

ބަރުދަން ލުއި ކުރުމަށްޓަކައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ކެލޮރީ ޑެފިސިޓް އެވެ. މާނައަކީ ހަށިގަނޑަށް އެތެރެވާ ކެލޮރީސްއަށްވުރެ ވިރުވޭ ކެލޮރީސް އިތުރު ކުރުމެވެ.

ހަނޑުލަކީ ގިނަ އަދަދަކަށް ކާބޮހައިޑްރޭޓްސް އެކުލެވޭ ގޮދަނެކެވެ. ކާބޮހައިޑްރޭޓްސްއަކީ ހަށިގަނޑަށް އެތެރެވާ ކެލޮރީގެ އަދަދު އިތުރު ކޮށްދޭ މާއްދާއަކަށް ވުމުން މާ ގިނައިން ބަތް ކެއުމަކީ ބަރުދަން ލުއި ކުރުމަށް ހުރަސް އެޅޭ ކަމެކެވެ.

ކަން މިހެން އޮތް ނަމަވެސް ބަރުދަން ލުއިކުރަން މަސައްކަތް ކުރާއިރު ބަތް ކެއުން އެއްކޮށް ހުއްޓާލުމަކީ އެންމެ އެދެވިގެންވާ ގޮތެއް ނޫނެވެ. ބަތަކީ ވިޓަމިން އޭ އާއި ފައިބާ އެކުލެވޭ ކެއުމަކަށް ވީއިރު މިއީވެސް ބަރުދަން ލުއިކުރުމަށް އެހީވެދޭ މާއްދާތަކެކެވެ.

އެހެން ކަމުން ބަރުދަން ލުއިކުރަން މަސައްކަތް ކުރާނަަމަ ބަތް ކެއުން މަދުކުރުން އެދެވިގެންވެ އެވެ. ނުވަަތަ ހޯލް ގްރެއިން ގެ ބާވަތްތައި ކަމަށްވާ ރަތް ހަނޑޫ އަދި މުށި ހަނޑޫ ބަތް ކެއްކުމަށް ބޭނުން ކުރެވިދާނެ އެވެ.

ބަތް ކެއުން މަދު ކުރުމާއެކު ތަރުކާރީގެ ބާވަތްތައް ކެއުމުގައި ގިނައިން ހިމެނުމަކީ ވެސް ބަރުދަން ލުއި ކުރުމަށް މުހިއްމު ކަމެކެވެ.