އެތައް އަހަރަކަށްފަހު ރަވީނާ ޓަންޑަން ނެގެޓިވް ރޯލަކުން ވަރަށް އަވަހަށް ފެނިގެން ދާނެ އެވެ.
ޑައިރެކްޓަރު މަނީޝް ގުޕްތާގެ ކުރިއަށް އޮތް ތުރިލާ ފިލްމުންނެވެ. ރަވީނާ ވަނީ މިހާރު މި ފިލްމްގެ ޝޫޓިން ވެސް ނިންމާލައިފަ އެވެ. ފިލްމްގެ ޝޫޓިން ރަވީނާ ނިންމާފައިވާއިރު، މީގެ ކުރިން އޭނާ ނުފެންނަ ފަދަ ރޯލަކުން މި ފިލްމުގައި ފެނިގެން ދާނެ އެވެ.
ފިލްމާ ގުޅޭގޮތުން ނޫސްވެރިންނާއި ވާހަކަ ދައްކަމުން މަނީޝް ވަނީ ރަވީނާއަށް ވަރަށް ތައުރީފްކޮށް ވާހަކަ ދައްކައިފަ އެވެ.
އޭނާ ބުނިގޮތުގައި ރަވީނާ ވަނީ އޭނާގެ ރޯލް ވަރަށް ފުރިހަމައަށް ކުޅެދީފަ އެވެ. އަދި އެ އެކްޓިންއާ ދޭތެރޭ ވަރަށް ހިތްހަމަ ޖެހޭ ކަމަށް ވެސް މަނީޝް ވަނީ ބުނެފަ އެވެ.
ރަވީނާގެ ކުރިއަށް އޮތް ފިލްމު "ކޭޖީއެފް ޗެޕްޓާ 2" ގައި ވެސް ރަވީނާ ފެނިގެން ދާނީ ނެގެޓިވް ރޯލަކުން ކަމަށް ރިޕޯޓުތަކުން ބުނެ އެވެ.
ނަމަވެސް މަނީޝް ގުޕްތާގެ ފިލްމު އަދި އޭގައި ރަވީނާ ކުޅެފައިވާ ރޯލާ ބެހޭ ގޮތުން ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
ރަވީނާ އަންނަނީ ފިލްމްކުޅުމުގެ އިތުރުން ބައެއް ރިއަލިޓީ ޝޯތަކުގައި ޖަޖެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުންނެވެ. އެންމެ ފަހުން ރަވީނާ ފެނިފައި ވަނީ 2017 ވަނަ އަހަރު ފިލްމް "ޝަބް" އިންނެވެ.
އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ކޭޖީއެފް ޗެޕްޓާ 2" އެވެ.