މިފަހަކަށް އައިސް އާމިރް ޚާންގެ ކޮއްކޮ ފައިސަލް ޚާން ދަނީ އޭނާގެ ދިރިއުޅުމާ ބެހޭގޮތުން ބޮޑެތި ހަގީގަތްތަކެއް ހާމަކުރަމުންނެވެ. ފައިސަލް ވަނީ އޭނާގެ އާއިލާއިން އޭނާ އާ ދޭތެރޭގައި ނާއިންސާފުން ކަންތައްތައް ކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފަ އެވެ.

ފައިސަލް ވަނީ ބޭބެ އާމިރް ޚާންއެކު އޮތް ގުޅުމާ ބެހޭ ގޮތުން މީޑިއާއަށް ދިން އިއްޓަވިއުއެއްގައި ހާމަކޮށްފަ އެވެ.

ނަވްބާރަތް ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ފައިސަލް ބުނެފައި ވަނީ އާމިރު، އޭނާގެ އާއިލާއިން ގޭގައި ބަންދު ކޮށްގެން ގެންގުޅުނު ކަމަށެވެ. މި ގޮތަށް ކަންތައް ކޮށްފައި ވަނީ ސިކުނޑީގެ މައްސަލައެއް (ޕެރަނޮއިޑް ސިޒޮފުރޭނިއާ) ހުރުމުގެ ސަބަބުންނެވެ.

ފައިސަލް އިންޓަވިއުގައި އޭނާ ގެއިން ފިލައިގެންދިޔަ ސަބަބު ވެސް ވަނީ ހާމަކޮށްފަ އެވެ. މިކަން އިތުރަށް ސާފު ކޮށްދެމުން އެކްޓަރު ބުނެފައިވަނީ "މިކަންތައް ހިނގައިދިޔަ ދުވަސްކޮޅު އަހަރެންނަން ގުޅާފައި އާމިރް ވަނީ އަހަރެންގެ ސިގްނެޓަރީ ރައިޓްސް ބޭނުން ކަމަށް ބުނެފައި. މޮޔައެއް އަމިއްލަ ހާލާއިގެން ނޫޅެވޭ މީހާ ބަލާފަ. އަހަރެން ކައިރި ބުނީ ޖަޖް ކައިރިއަށް ގޮސް އަމިއްލަ ހާލައިގެން ނޫޅެވޭނެ ކަމަށް ބުނުމަށް އެދިފައި. ކީއްވެ ކަމެއް ނޭގުނު. އެހެންވެ ގޭ ދޫކޮށް ފިލީ،" އެވެ.

އާމިރު އަދި އޭނާގެ ކޮއްކޮ ފައިސަލް

ފައިސަލް ބުނެފައި ވަނީ އާމިރުއަށް މާފް ކުރިނަމަވެސް އެކަންތައްތައް ހަނދާން ނައްތާ ނުލެވޭވެ ކަމަށެވެ.

އާއިލާއަށް ކޮންމެ މުނާސަބަތެއްގައި ގުޅާނެ ކަމަށާއި ނަމަވެސް އަބަދުވެސް ދުރުމިނެއް ބާއްވަން ބޭނުން ކަމަށް އެކްޓަރު ބުނެފައިވެ އެވެ.

ދިހަ އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ފިލްމީ ދާއިރާއާ ދުރުގައި ހުރުމަށްފަހު ފައިސަލް ދަނީ އެނބުރި އައުމަށް ތައްޔާރުވަމުންނެވެ.

އޭނާގެ ޑައިރެކްޓޯރިއަލް ޑެބިއުޓް "ފާކްޓޮރީ "ގައި ފައިސަލް ފެނިގެންދާނީ ލޯބީގައި ދީވާނާވެފައިވާ މީހެއްގެ ރޯލުންނެވެ.

ފައިސަލް އެންމެ ފަހުން ފެނިފައި ވަނީ 2005ގެ ފިލްމު "ޗާންދު ބުޖް ގަޔާ" އިންނެވެ. އާމިރް އާއި ފައިސަލް އެކުގައި 2000 ވަނަ އަހަރު ނިކުތް ފިލްމު "މޭލާ"ގައި ވަނީ މަސައްކަތް ކޮށްފަ އެވެ.