ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރާ ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" މިއަދު ފެންނާނެ އެވެ
ކުރިން މި މަހުގެ 17 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ޕްރިމިއާ ކުރަން ނިންމި މި ފިލްމަކީ ރަމޭޝް ތައުރާނީ އާއި އަކްޝޭ ޕޫރީ ޕްރޮޑިއުސްކޮށް ޕަވަން ކިރްޕަލާނީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
މި ފިލްމު ކުރިން ގެނެސްދޭން ތާވަލުކުރި ތާރީޚަށް ވުރެ ހަފުތާއެއް ކުރިން ގެނެސްދޭން ނިންމި ސަބަބެއް ހާމަކޮށްފައި ނުވާއިރު، ފިލްމުގެ ހިތްގައިމު ދެ ލަވައެއްގެ ވީޑިއޯ ވެސް ވަނީ ނެރެފަ އެވެ.
ސަޗިން-ޖިގަރް މިއުޒިކް ތައްޔާރުކޮށްދީފައިވާ މި ދެ ލަވަ ކިޔައިދީފައި ވަނީ ވިޝާލް ދަދްލާނީ، ސުނީދީ ޗޯހަން، މެލޯ ޑީ، އަރްމާން މާލިކް އަދި ޝްރެޔާ ގޯޝާލް އެވެ.
ސައިފް ޢަލީ ޚާންއާއި ޖެކްލިން ފެނާންޑޭޒް، އަރްޖުން ކަޕޫރާއި ޔާމީ ގޯތަމްގެ އިތުރުން ޖާވެދު ޖަފްރީ މައިގަނޑު ރޯލުތަކުން ފެނިގެންދާނެ އެވެ.
ފުވައްމުލަކުގައި އެކްސިޑެންޓެއް: ދެ ކާރާއި ސައިކަލަކަށް ގެއްލުން
މާލެ އޯޕަންގެ ވަނަވަނަ ހާސިލުކޮށްފައިވާ ފެތުންތެރިންނަށް އިނާމު
އެންމެ މިނެޓަކުން ހިތުގެ ސިއްހަތު ދެނެގަންނާނެ 3 ގޮތެއް!