ފުވައްމުލަކުގައި ކާރަކުން ސައިކަލެއްގައި ޖެއްސުމަށްފަހު މަޑުނުކޮށް ގޮސް އެހެން ކާރަކާއި ރުކެއްގައި ޖައްސައި އެކްސިޑެންޓްވި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު އިރުއޮއްސި 6:22 އެހައިކަންހާއިރު ފުވައްމުލައް މޫޑިގެ ކުރިމަތިންނެވެ. ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖެއްސުމަށްފަހު މަޑުނުކޮށް ގޮސް، އެ މަގުން ދަތުރުކުރި އެހެން ކާރެއްގައްޔާއި ރުކެއްގައި ވަނީ ޖައްސާފަ އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 35 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓުގައި ސައިކަލު ދުއްވި އަންހެން މީހާއަށާއި ފަހަތުގައި އިން 8 އަހަރުގެ އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިގެން ފުވައްމުލައް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. ނަމަވެސް އެ ދެ މީހުންނަށްވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލުން ފުލުހުން ބުންޏެވެ.
މިހާތަނަށް ބެލި ބެލުމުން ކާރު ދުއްވަން ހުރި މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުންޏެވެ. އަދި މި އެކްސިޑެންޓްތައް ކޮށްފައިވަނީ ކާރުގެ ވެރިފަރާތަށް އަނިޔާކޮށް ކާރު ހަލާކުކޮށްލާނެ ކަމަށް ބުނެ އިންޒާރުދިނުމަށްފަހު، ގަދަކަމުން ކާރު އަތުލައިގެން ގޮސްކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާގައި ހިމެނޭ ދެ ކާރަށާއި ސައިކަލަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު 3 ސްޕެޝަލިޓީއަކުން ފަރުވާ ދެނީ
ޔާމީން ގޭގައި ހުންނެވުމަކީ ގައުމު ލަދުވެތިވާންޖެހޭ ކަމެއް: ފަލާހު
ބްރެޑްގެ ކުރިއަށް އޮތް ފިލްމުގެ ނަން އިއުލާން ކޮށްފި
