ބޮލީވުޑްގެ ޒުވާން ހުނަރުވެރި އެކްޓަރު ކާތިކް އާރިޔަން ލީޑް ރޯލް ކުޅޭ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" އަންނަ ނޮވެމްބަރު މަހުގެ 19 ގައި ރިލީޒްކުރަން ނިންމައިފި އެވެ.

އަނީސް ބަޒްމީ ޑައިރެކްޓްކޮށް ބުޝަން ކުމާރުގެ ޓީ ސީރީޒް އިން ޕްރޮޑިއުސްކުރާ މި ފިލްމުގައި ކާތިކްގެ އިތުރުން ކިއާރާ އަދުވާނީއާއި ތައްބޫ މައިގަނޑު ރޯލުތަކުން ފެނިގެންދާނެ އެވެ.

"ބޫލް ބުލައްޔާ 2" އަކީ 2007 ވަނަ އަހަރު އަކްޝޭ ކުމާރާއި ވިދްޔާ ބާލަންއާއެކު ޕްރިޔަދަރްޝަން ގެނެސްދިން ހޮރޯ-ކޮމެޑީގެ ސީކުއެލްއެކެވެ.

ކާތިކްގެ އިންސްޓަގްރާމްގައި ބުނެފައި ވަނީ ފިލްމުގެ ކްލައިމެކްސް ޝޫޓްކޮށް ނިމިފައިވާ ކަމަށާއި އެ މަންޒަރަކީ އެންމެ ޗެލެންޖިން މަންޒަރު ކަމަށެވެ.

https://www.instagram.com/p/CTwVWqMtuQh/

އަދި އޭނާ ވަނީ "ބޫލު ބުލައްޔާ 2" ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ބެލުންތެރިންނަށް ފެނިގެންދާނެ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް މިފިލްމު ނެރުމަށް ހަމަޖެހިފައިވާ ގޮތެއް ހާމަކޮށްފައެއް ނުވެ އެވެ.

https://www.instagram.com/p/CS4kI3BtW9n/

"ބޫލް ބުލައްޔާ 2" ގެ އިތުރުން ކާތިކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އެއްކޮށް މަސައްކަތް ނިމިފައި އޮތް ރާމް މަދުވާނީގެ "ދަމާކާ" އާއި އެކްތާ ކަޕޫރްގެ "ފްރެޑީ" އާއި "ޝެހެޒާދާ" ގެ އިތުރުން ހަންސަލް މެހެތާގެ "ކެޕްޓަން އިންޑިއާ" ހިމެނެ އެވެ.

އޭގެ އިތުރުންވެސް އަދި ނަން އިޢުލާނު ނުކުރާ ފިލްމުތަކެއް ވެސް އޭނާގެ ލިސްޓުގައި އެބަހުއްޓެވެ.