ވިކީ ކޯޝަލްގެ ހުނަރުވެރިކަމުން އޭނާ ވަނީ ވަރަށް ކުރު މުއްދަތެއްގައި ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ހައިރާން ކޮށްލާފަ އެވެ.

ނެޝަނަލް އެވޯޑްވެސް ހޯދާފައިވާ ބޮލީވުޑް އެކްޓަރު ވިކީ ކޯޝަލް މިހާރު ވެސް އަންނަނީ ގިނަ ފިލްމުތަކެއްގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ވިކީ ލީޑް ރޯލުން ފެނިގެންދާ "ސަރްދާރް އުދަމް ސިންގް" އަންނަ އޮކްޓޯބަރު މަހު ރިލީޒްކުރުމަށް މިހާރު ވަނީ ނިންމާފަ އެވެ. އަންނަ އޮކްޓޯބަރު މަހު 16 ގައި އެމެޒޯން ޕްރައިމް ވީޑިއޯއިން ސްޓްރީމްކުރާނެ އެވެ.

https://www.instagram.com/p/CR3w0Q8oTrk/

އިންޑިއާގެ މިނިވަންކަމަށް މަސައްކަތްކުރި އުދަމް ސިންގްގެ ވާހަކަ ކިޔައިދޭ މި ބައޮގްރަފިކަލް ޑްރާމާގައި ވިކީގެ އިތުރުން މުހިންމު ރޯލުތަކުން ފެންނާނީ ބަނީތާ ސަންދޫއާއި އަމޯލް ޕަރަޝާރްއެވެ.

ރައިޒިން ސަން ފިލްމްސް އާއި ކީނޯ ވާކްސް އިން ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ "ވިކީ ޑޯނާ"، "ޕީކޫ"، "އޮކްޓޯބަރު" އަދި "ގުލާބޯ ސިތާބޯ" ފަދަ ކާމިޔާބު ފިލްމުތަކެއް އުފައްދާފައިވާ ޝޫޖިތު ސިރްކާރް އެވެ.